ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް ފްލެޓް ދިން މައްސަލައެއް އޭސީސީއަށް!

ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެގްރިމެންޓުގައި ސޮއިކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގެ ”ގެދޮރުވެރިކަމުގެ ސްކީމް“ ގެ ދަށުން ފްލެޓް ދޫކުރުމުގައި، އުސޫލާ ހިލާފަށް 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ގުރުއަތު ނުނަގާ، 75 ޕޮއިންޓު ލިބުނު ފަރާތްތަކަށް 300 އަށްވުރެ ގިނަ ފްލެޓް ދޫކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހައުސިން މިނިސްޓްރީން ހުށަހަޅައިފިއެވެ.

މި މައްސަލަ މިނިސްޓްރީއަށް ފާހަގަކުރެވިފައި ވަނީ ފްލެޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ހިއްސާކުރުމުގެ ތެރެއިންނެވެ.

މިނިސްޓްރީން އޭސީސީގެ ރައީސް އާދަމް ޝާމިލްއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު އޭރުގެ ހައުސިން މިނިސްޓްރީން ވަރަށް ސާފުކޮށް ބަޔާން ކުރިކަމަށެވެ. އެގޮތުން 3 ކޮޓަރީގެ ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށްކަން އުސޫލުގައި ބަޔާންކުރާކަމަށް ވެއެވެ. އަދި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ އުސޫލުތަކުގައި ބަޔާންކޮށްފައިވާކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ 2023 ނޮވެންބަރު 16 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށްވުރެ މަތިން މާކްސް ލިބި އެފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރިކަން މިނިސްޓްރީއަށް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން މައްސަލަ އިތުރަށް ބެލިބެލުމުން 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަށް ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާއިރު، 75 މާކްސް ލިބުނު 315 ފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި، އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ހާމަވެގެން ދިޔަކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމިޝަނަށް މި މައްސަލަ ހުށަހަޅާ ސަބަބެއްކަމަށް މިނިސްޓްރީން ބުނެފައި ވަނީ މިއީ ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަޙަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގުސަދުގައި އަމަލެއްކަމަށް ގަބޫލު ކުރެވޭތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: