ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ސާފުކޮށްދޭން އެދި އިހުސާން މަޖިލީހަށް ހާޒިރު ކުރަނީ!

ރައްޔިތުންގެ މަޖިލިސް ކޮމިޓީއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޭޕްރިލް މަހު މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތަހުގީގު ގޮސްފައިވާ ހިސާބު ސާފުކޮށްދިނުމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ހާޒިރު ކުރުމަށް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވާކަން ކުޑޫވަނީ ”ސަންގު“ އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މައްސަލައިގައި ކުޑޫ ހުށަހެޅި ސުވާލުގައި ރިޔާސީ ކޮމިޝަނުފގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ތަހުގީގުތައް ހިނގަމުންދޭތޯ އެވެ. އަދި ތަހުގީފގު ގޮސްފައިވާ ހިސާބު ސާފުކޮށްދޭން ކުޑޫ ވަނީ އެދިފަ އެވެ.

ހ. ފެންޓެނޯއީގެ 09 ވަނަ ފަންގިފިލާގެ ފެންލައިޓަކުން، އެ ގެއާއި ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އެނާ ވެއްޓުނީ މިދިޔަ އޭޕްރިލް މަހ އެވެ. އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްޗައި ފަރުވާ ދިނުމަށް ފަހު ގެންދިޔައީ މެލޭޝިއާއަށެވެ.

މި ހާދިސާގައި ބޮޑެތި ތުހުމަތުތަކެއް ކުރީ އެރޭ ޔުމްނުއާއި އެކު އުޅުނު، ރައުދު އަހުމަދު ޒިލާލްގެ މައްޗަށެވެ. ރައުދު ގަސްދުގައި ޔުމްނު ވައްޓާލީކަމަށް ތުހުމަތު ކުރި ނަމަވެސް، މިހާތަނަށް ކުރި ތަހުގީގުތަކުން އެނގޭ ގޮތުގައި އެރޭ ބޮޑަށް ބެލެވެނީ ޔުމްނު ވެއްޓުނީކަމަށެވެ. ފުލުހުންނައި، މައްސަލައިގައި އުފެދި ރިޔާސީ ކޮމިޝަނުން ވެސް ބުނި ގޮތުގައި އެރޭ ޔުމްނުއާއި ރައުދު ތިބީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގަ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތައް ވެސް ކުރި އެވެ. އަދި ތަފާތު އެކި ތުހުމަތުތައް ކުރެވެމުން ދިއުމުގެ ސަބަބުން އެ ހާދިސާ ތަހުގީގު ކުރުމަށް ވަކި ރިޔާސީ ކޮމިޝަނެއް އުފެއްދީ އެވެ. ކޮމިޝަނުން ވަނީ މި މައްސަލައިގައި ފުލުހުން ވެސް ނުދޭ ބައެއް މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. ހާދިސާގައި ކޮމިޝަނުން ކުރި ތަހުގީގާއި ފުލުހުންނަށް ވެސް ޔުމްނުގެ ބަޔާނެއް ނުލިބުނެވެ. އާއިލާއިން އެކަމަށް ދެކޮޅު ހަދައި، އެއްވެސް އެއްބާރުލުމެއް ނުދޭތީ ހާދިސާއަށް ހަތަރު މަހާއި ގާތްވި އިރު ވެސް މިހާތަނަށް ބަޔާން ނުނެގޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބަޔާން ނެގުމަށް މެލޭޝިއާގެ ފުލުހުންގެ އެހީ ހޯދާކަމަށް ފުލުހުން ބުނި ނަމަވެސް، އެ މަސައްކަތް ކުރިކަން ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މިވަގުތު ޔުމްނު ކޮބާކަމާއި އޭނާގެ ހާލާއި ގުޅޭ މައުލޫމާތެއް ނުލިބެ އެވެ. ފުލުހުން ބުނި ގޮތުގައި ޔުމްނުގެ އާއިލާއިން ފުލުހުންނާއި ބައްދަލު ކުރަން ދެކޮޅު ހެދިއިރު، ސިއްހީ ފަރުވާގެ އެއްވެސް މައުލޫމާތެއް ވެސް ނުދިނެވެ.

މި މައްސަލަ މީޑިއާތަކުގައި މިއަދު ދެކެވުމާއި އެކު އަނެއްކާވެސް އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެހެންވެ ޔުމްނުގެ ބަޔާން ނުނެގެނީ ކީއްވެތޯއާއި، އެކަމަށް ކުރާ މަސައްކަތް ސާފުކޮށްދޭން އެދި ކުޑޫ މައްސަލަ މަޖިލީހަށް ހުށަހެޅީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: