ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަސް ނިމުނުއިރު ހަރަދަށްވުރެ އާމްދަނީ އިތުރު!

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަސް ނިމުނުއިރު ބަޖެޓުން ހަރަދުކުރި މިންވަރަށްވުރެ އާމްދަނީ އިތުރުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރަނީ 39.79 ބިލިއަންކަމަށްވާއިރު ޖުލައި މަސް ނިމުނުއިރު އޭގެ 55.74 އިންސައްތައާއި ގާތްކުރާ އަދަދެއް ލިބިފައިވާކަމަށެވެ. މިގޮތުން އެ ދުވަހުގެ ނިޔަލަށް 22.18 ބިލިއަން ލިބިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

މި މުއްދަތުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވަނީ 44.47 އިންސަތައެވެ. އެއީ 21.87 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ހަރަދަށްވުރެ އާމްދަނީ އިތުރުކަން ފެނިގެންދެއެވެ. އަދި ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ މިންވަރަށްވުރެވެސް އިތުރުކަން ފާހަގަކުރެވެއެވެ. ޓެކްސްގެ ގޮތުގައި 17.13 ބިލިއަން ލިބިފައިވާއިރު ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ހޯދާފައިވާ އާމްދަނީ 4.89 ބިލިއަނަށް އަރައެވެ.

ޖުމުލައިގެ ތެރެއިން ރިކަރެންޓު ހަރަދަކީ 19.18 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމިދިޔަ އަހަރަށްވުރެ މިގޮތުން ހަރަދުކުރި މިންވަރު 426.4 މިލިއަން ރުފިޔާއިން ދަށްކުރެވިފައިވާކަން ފެނިގެންދެއެވެ. ކެޕިޓަލް ހަރަދަކީ 2.70 ބިލިއަން ރުފިޔާއެވެ. ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށާް ޕީއެސްއައިޕީގެ ގޮތުގައި 3.37 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ޖުމުލަކޮށް ހުރާ ދާއިރާއަކުންވެސް މަސައްކަތްތައް ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ބަނދަރާއި އެއަރޕޯޓު އަދި ބުރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޖުމުލަ 2.15 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 368 މިލިއަން ރުފިޔާގެ ހަރަދެއްކޮށްފައިވާއިރު ހައުސިންގް މަސައްކަތްތަކަށް 114.6 އަދި ވެށި ރައްކައުތެރިކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް 298.8 މިލިއަން ހަރަދުކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: