ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއަށް

ފޮޓޯ: މިިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

11 ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ)އަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑު އިންފްރާސްޓްރަކްޗަރުއިން ހަވާލުކޮށްފިއެވެ.

2025 އޮގަސްޓު 7 ވަނަ ދުވަހުގައި، ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތައްގީކުރުމަށްޓަކައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންދިޔައިރު، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރއޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އަދި، މި މަޝްރޫއުގެ މަސައްކަތާއި ހަވާލުކުރެއްވި ކުންފުނި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނާޒިމްއެވެ.

މި އެއްބަސްވުމުގެ ދަށުން، 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭއިރު، މި އެއްބަސްވުމުގައި ހިމެނޭ ރަށްތަކުގެ ތެރޭގައި، ތ އަތޮޅުގެ، ގުރައިދޫ، ކިނބިދޫ، ހިރިލަނދޫއާއި، ހއ އަތޮޅުގެ ތުރުކާނުއާޢި ހދ. އަތޮޅުގެ ނޮޅިވަރަންފަރު، ފިނޭއާއި، ބ. އަތޮޅުގެ ތުޅާދޫ، ކުޑަރިކިލުއާއި، ށ. އަތޮޅުގެ މަރޮށިއާއި، މުލިއާއި ނ. އަތޮޅު މާފަރު ހިމެނެއެވެ،

މި މަޝްރޫއުގެ ދަށުން، ތ. އަތޮޅުގެ ތިން ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި ތިން ރަށުގެ މަޝްރޫގެ މަސައްކަތުގެ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ތ. ގުރައިދޫ : (މަސައްކަތުގެ އަގު:  74,476,484.16 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)
  • ތ. ކިނބިދޫ : (މަސައްކަތުގެ އަގު:  79,594,101.36 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)
  • ތ. ހިރިލަންދޫ : (މަސައްކަތުގެ އަގު:  70,506,326.88 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

މީގެއިތުރުން، ހއ. އަތޮޅުގެ ތުރާކުނުގެ މަގުތައް ތަރައްގީކުރުމަށް ކަނޑައަޅައިފައިވާ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ހއ. ތުރާކުނު : (މަސައްކަތުގެ އަގު:  65,547,695.88 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

ހަމައެއާއިއެކު، ހދ. އަތޮޅުގެ 2 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި 2 ރަށުގެ މަޝްރޫގެ މަސައްކަތުގެ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ހދ. ނޮޅިވަރަންފަރު : (މަސައްކަތުގެ އަގު: 101,210,710.68 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)
  • ހދ. ފިނޭ : (މަސައްކަތުގެ އަގު: 65,576,137.68 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

ހއ. އަތޮޅުގެ ތުރާކުނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް، މި މަޝްރޫއުގެ ދަށުން ހަމަޖެހިފައިވާއިރު، މި ރަށުގެ މަޝްރޫގެ މަސައްކަތުގެ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ހއ. ތުރާކުނު: (މަސައްކަތުގެ އަގު: 65,547,695.88 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

މީގެއިތުރުން، ބ. އަތޮޅުގެ 2 ރަށެއްގައި، މި މަޝްރޫއުގެ ދަށުން، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި 2 ރަށުގެ މަޝްރޫގެ މަސައްކަތުގެ އަގާއި، މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ބ. ތުޅާދޫ : (މަސައްކަތުގެ އަގު: 70,981,327.08 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)
  • ބ. ކުޑަރިކިލު : (މަސައްކަތުގެ އަގު: 53,537,331.24 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

ހަމައެއާއިއެކު، ށ. އަތޮޅުގެ މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި މަސައްކަތުގެ އަގު އަދި މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ށ. މަރޮށި : (މަސައްކަތުގެ އަގު:60,295,350.24 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

މީގެއިތުރުން، ނ. އަތޮޅުގެ މާފަރުގެ މަގުތައްވެސް، މި މަޝްރޫއުގެ ދަށުން، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގެ އަގު އަދި މަސައްކަތް ނިންމަން އެވޯޑުކުރެވިފައިވާ މުއްދަތަށް ބަލާއިރު،

  • ނ. މާފަރު: (މަސައްކަތުގެ އަގު: 116,011,768.32 ރުފިޔާ/ އެވޯޑުކުރާ މުއްދަތު: 730)

މި މަޝްރޫއާއިއެކު، 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ. އެގޮތުން، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރެވިގެންދިޔުމަކީ، އެ ރަށްރަށުގެ ރައްޔިތުންނަށް، ރައްކާތެރިކަމާއިއެކު، މަގުމަތީގެ އުޅަނދުތައް ދުއްވާ ހެދުމަށް މަގުފަހިކޮށްދޭނެކަމެކެވެ. މީގެއިތުރުން، އެ ރަށްރަށުގެ ވިޔަފާރިތަކުން، އެއް ތަނުން އަނެއް ތަނަށް މުދާ ގެންދިޔުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މީގެ ކުރިން އެ ރަށްރަށުގެ މަގުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މަގުފަހިކޮށްދޭނެއެވެ. އެހެންކަމުން، މިއީ، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: