ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ހިދުމަތް ދަށްވީ އެމްޑީޕީގެ ވެރިކަމުގައި: ސައްތާރު

ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހިދުމަތްދޭ އެހެނިހެން ތަންތަން، ޚިދުމަތް ނުދެވޭ ހާލަތަކަށް ވައްޓާލީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ސައްތާރު ވިދާޅުވެފައިވަނީ، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހެޔޮ ނިޔަތުގައި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

ސައްތާރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ މަސައްކަތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ގައުމު މިހާހިސާބަށް އައިއިރު އުފުލަންޖެހިފައިވާ ބޮޑެތި ދަރަނިތަކާއި ނަގާފައިވާ ލޯނުތަކެވެ. އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި އެފަދަ އެތައް ކަމެއްަމެއްގެ ސަބަބުން، އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ސައްތާރު ވިދާޅުވެފައި ވަނީ، ގާއުމަށް އާމްދަނީއެއް ލިބޭނެ އެއްވެސް މަގެއް، ކުރީގެ ސަރުކާރުތަކުން ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި އާމްދަނީއެއް ލިބެން އޮތް މަގެއް ވާނަމަ، އެމްޑީޕީގެ ވެރިކަމުގައި އެފަދަ ވަސީލަތްތައް ވިއްކާލައި، ނައްތާލާފައިވާކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

ސައްތާރު ވިދާޅުވީ، އަ ތޮޅުތަކަށް ރައީސް މުއިއްޒު ކުރައްވާ ކޮންމެ ދަތުރެއް ވެސް ގުޅިފައި ވަނީ ތަރައްގީއާއި ކަމަށެވެ. އަދި އަހަރުތަކެއް ވަންދެން އެ ރަށެއްގައި ގާއިމުނުވެ ހުރި ހިދުމަތްތައް އިފްތިތާހު ކުރެވި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަތަކަކީ ސިއްހީ ނިޒާމުގެ ވާހަކަ ދައްކާލާއިރުގައި ރަށްރަށުގައި ހުރި ސިއްހީ މަރުކަޒާ ތަންތަނަކީ ރައީސް މުއިއްޒު ވަޑައިގެންނެވި މި ދޮޅު އަހަރު ދުވަސް ތެރޭގައި ވީރާނާވެގެން ހިދުމަތް ނުދެވޭ ވަރަށް ދިޔަ ތަންތަނެއް ނޫނޭ އެނގޭތޯ. އެ މަނިކުފާނު ކުރައްވަނީ އެ ތަންތަން އާބާތުރަ ފިލުވާ ހިދުމަތް ދިނުމުގެ މަސައްކަތް

ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއުއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ސައްތާރު ވިދާޅުވީ، ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހިދުމަތްދޭ އެހެނިހެން ތަންތަން، ހިދުމަތް ނުދެވޭ ހާލަތަކަށް ވެއްޓުނީ މި ސަރުކާރުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނޫން ކަމަށެވެ. މި ސަރުކާރުން ކުރަމުންދަނީ އެ ތަންތަން އާބާތުރަފިލުވައި، ހިދުމަތް ދިނުމުގެ މަސައްކަތް ކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

ސައްތާރު ވަނީ މި ސަރުކާރުން މިހާރުވެސް ސިއްހީ ދާއިރާއަށް ގެނެސްފައިވާ ބައެއް ބަދަލުތައް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރެވިފައިވާ ސިއްހީ މަރުކަޒުތަކުގެ އަދަދު އިތުރުވުމާއި، އަލަށް ޑައިލިސިސްގެ ހިދުމަތް ފަށާފައިވާ ތަންތަން ހިމެނެއެވެ. އަދި ވިދާޅުވީ ހިދުމަތް ފުޅާކޮށް، ރަނގަޅު ވަސީލަތްތަކާއި އެކު އާންމު ބަލިތަކަށް ފަރުވާ ހޯދުމަށް އުފުލަން ޖެހޭ ދަތިތައް ހައްލު ކުރުމަށް ގިނަ ފިޔަވަޅު އަޅަމުންދާކަމަށެވެ.

މީގެ އިތުރުން ސައްތާރު ވިދާޅުވީ ރައީސް މުއިއްޒު، މި ކަންކަމަށް އަމާޒުކޮށްގެން ހެޔޮ ނިޔަތުގައި، ރަނގަޅު މަގްސަދެއްގައި މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށާއި، މި ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމުމުގެ ޔަގީންކަން އޮތް ކަމަށްވެސް ސައްތާރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: