ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް މި ހާލު ޖެހުނީ އިންތިހާބާއި ދިމާކޮށް ހަމައެއް ނެތި އެމްޑީޕީއިން ހަރަދު ކުރުމުން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް މި ހާލު ޖެހުނީ އިންތިހާބާއި ދިމާކޮށް ހަމައެއް ނެތި އެމްޑީޕީއިން ހަރަދުތައް ކުރުމުންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގުު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިފާން ވިދާޅުވީ މި ވެރިކަމުގައި ރަށްށުގައި ކުރިއަށްދާ މަސައްކަތްތައް ނުހުއްޓޭކަމަށެވެ. ނަމަވެސް ދަތިތަކެއް ހުންނަކަމަށެވެ. އެއީ އެއްވެސް ހަމައެއް ނެތި މަޝްރޫއުތައް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާތީކަމަށް އައިފާން ވިދާޅުވިއެވެ. އެ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ނެތް ކަންކަމަށް އެތައް ފައިސާއެއް ހަރަދުކޮށްފައިވާކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ މިއީ ފައިސާ ޗާޕުކޮށްގެން ދެއްކުމަށް ނިންމި ފައިސާކަމަށެވެ.

މިއީ ދުރު ރާސްތާގެ ޕްލޭންއެއް އޮވެގެން ކުރި ކަންތައްތައްކަމަށް އެމްޑީޕީއިން ބުނި ނަމަވެސް، އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް އައިފާން ވިދާޅުވިއެވެ.

ހަމަ އިންތިހާބަށް ބޯމަތިވީމަ ކުރިހާ ކަންތައްތަކުގެ ވާހަކަ ވާހަކަ މި ދައްކަނީ. މިގޮތަށް މިކަން ކުރީމަ އެއްވެސް ހަމައެއް ލަމައެއް، ނެތި ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ހަރަދުކޮށްލީމަ، މިއަދު މިއުޅެނީ އެކަމުން އަރައި ނުގަނެވިގެން.

އައިފާން ވިދާޅުވިއެވެ.

މިއަދު ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި އޮތް އެންމެ ބޮޑު ދައްޗަކީ އިންތިހާބަށް ކަނޑަ ޖަހާ އުސޫލުން ފައިސާ ހަރަދުކޮށްފައި އޮތުންކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ، މިކަންކަމުގެ ދިފާއުގައި އެމްޑީޕީއިން ދައްކަނީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށައެޅި މިފަދަ ކަންކަން ހުއްޓުވާ، ވަކި ބައެއްގެ ޖީބަށް ފައިސާ ބައް ކުރުން ނިމުމަކަށް ގެނައުމަށްކަމަށް އައިފާން ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ވަނީ ނިޒާމުގެ ނާޖާއިޒު ފައިދާ ނަންގަވާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ މިއީ ކައުންސިލްތަކަށް ރައްޔިތުންނަށް ރަނގަޅަކަށް ފައިދާއަކަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: