ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޯތު ހާބަރަށް އެއްވެސް ބަދަލެއް ގެންނާނީ މަސްވެރިންނާއި މަޝްވަރާކޮށްގެން: އެމްޕީއެލް

އެމްޕީއެލްގެ ސީއީއޯ، ރިޝްވާން މަސްވެރިންނާއި ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ނޯތު ހާބަރަށް އެއްވެސް ބަދަލެއް ގެންނާނީ މަސްވެރިންނާއި މަޝްވަރާކޮށް، މަސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މިދިޔަ ޖުލައި މަހު މާލޭގެ ނޯތު ހާބަރ ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ވަނީ އެމްޕީއެލްއާއި ހަވާލުކޮށްފައެވެ. މި ބަދަލާއެކު، 1 އޮގަސްޓް 2025 އިން ފެށިގެން މާލޭ ނޯތު ހާބަރުން ޚިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށެވެ. އަދި މާލެ ނޯތު ހާބަރުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

އެމްޕީއެލްއިން ވަނީ ރޭ މަސްވެރިންނާއި ބައްދަލުކޮށް، ނޯތު ހާބަރު ސަރަހައްދުގައި ހުންނަ މަސްވެރިން ބޭނުންކުރާ ސަރަހައްދަށް ބަދަލުތައް ގެނައުމާއި ގުޅޭގޮތުން ހިޔާލު ހޯދާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެކަމަށެވެ. މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ގާއިމްކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ފާހަގަކުރެއްވިއެވެ. އަދި ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށާއި، މިއީ 2017 ވަނަ އަހަރުން ފަށައިގެން އޮންނަ މައްސަލައެއްކަމަށް ވިދާޅުވިއެވެ.

ނޯތު ހާބަރުގެ ހުރިހާ މަސްއޫލިއްޔަތެއް އެމްޕީއެލްއަށް ހަވާލުކުރެވިގެން ދިއުމާއިއެކު މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓްތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ.

އެމް.ޕީ.އެލްގެ ބެލުމުގެ ދަށުން މާލޭ ނޯތު ހާބަރުން ކީވޯލް އިން ޖާގަ ދެމުން ދަނީ ކިއު ތަރުތީބެއްގެ ދަށުންނެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ވެސް ފޯރުކޮށްދެމުންދެއެވެ. އެހެންކަމުން މުޅި ބަނދަރު މާލޭ ނޯތު ހާބަރާއި ހަވާލުވުމުން ކިއުތަރުތީބަކުން މުޅި ބަނދަރަށް ކީވޯލްއިން ޖާގަދެމުންދާނެއެވެ. އަދި ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މިވަނީ މަސައްކަތްފަށާފައެވެ. އަދި މީގެ އިތުރަށް ތެލުގެ ހިދުމަތް ކައިރި މުސްތަގްބަލެއްގައި ދިނުމަށް ވަނީ ނިންމާފެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: