ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރެވޭތީ ޕީއެންސީ މެންބަރުންތަކެއް ޕާޓީ ދޫކޮށްލަން އުޅޭކަމުގެ ތުހުމަތު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ގައުމާއި، ރައްޔިތުންގެ ހައްގުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް ޕީއެންސީގެ 13 ނުވަތަ 14 މެންބަރުން އަރާނެކަމަށެވެ. އައްބާސް ވިދާޅުވީ އިއްޔަ ޕީއެންސީއިން ވަނީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވާފައިކަމަށެވެ. މި ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތަށް ހިއްސާކޮށްފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުކަށް ބަސް ނުބުނެ، އަބަދު މަންމަނުވެފައި ނުތިބެވޭނެކަމަށް މެންބަރުން ފާހަގަކުރެއްވިކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ހައްގުބަސް ބުނަން ނިކުންނާނެކަން މެންބަރުން ފާހަގަކުރެއްވިކަމަށް އައްބާސް ވިދާޅުވިއެވެ.
ޕީއެންސީގެ މެންބަރުންނަށް ގަބޫލުކުރެވޭ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި މެންބަރުންގެ އެއްވެސް އަގެއް ނެތްކަމަށްވެސް އައްބާސް ވިދާޅުވިއެވެ. ކަންކަން ނިންމާއިރު، މަޝްވަރާ ނުކޮށް ކުއްލި ކުއްލިއަށް ކަންކަން ނިންމުމުގެ ކަންބޮޑުވުންވެސް އޮންނަކަމަށާއި، ރައްޔިތުންނަށް މަޝްވަރާ ނުކޮށް ބިލުތަކަށް ވޯޓު ނުދެއްވާނެކަމަށްވެސް މެންބަރުން ވިދާޅުވެފައިވާކަމަށް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.
އެއްވެސް މަސައްކަތެއް ސަރުކާރަށް ނުކުރެވޭއިރު، މޮޅު ބަސް ވިދާޅުވާކަންވެސް މެންބަރުން ފާހަގަކުރެއްވިކަމަށާއި، އަދި ރައްޔިތުން ތިބީ މާޔޫސްވެފައިކަންވެސް މެންބަރުން ހިއްސާކުރެއްވިކަމަށް އައްބާސް ވިދާޅުވިއެވެ.
ދާއިރާ ތަކުގެ ތަރައްޤީ އެއްވެސް މިންވަރަކަށް ނުހިގާ ކަމާއި މޮޅެތި ބަސްތައް ވިދާލުވުމާއި،ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި،ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި.
އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި މި ޝަކުވާތައް އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރާއި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީއެވެ. މިކަންކަން ތަކުރާރުވާނަމަ، ޖުޑިސަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެކަމަށް ހުސްނީ ވިދާޅުވިކަމަށް އައްބާސް ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ކިއަމުން ދިޔަހިދު އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްބެ ކަން ފާހަގަކޮށްލަން. ހަމަ އެހެންމެ މަނަދޫ ދާއިރާގެ އިސްޒަތްތެރި މެންބަރު ހުސްނީ ގެ އުދާސްތަށް ބޭރުކޮށްލަމުން ވިދާޅުވެފައި ވަނީ މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ ޖުޑިސަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް.
އައްބާސް ވިދާޅުވިއެވެ.
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނެސްފައިވަނީ މެންބަރުންގެ ބާރު ކަނޑުވާލުމަށްކަމަށް މެންބަރުން ތަކުރާރުކޮށް ވިދާޅުވިއެވެ. މިއީ ބުދަ ދުވަހުގެ ބައްދަލުވުންކަމަށާއި، މި ބައްދަލުވުން ހޫނުވުމުން ބުރާސްފަތި ދުވަހު އިތުރު ބައްދަލުވުމެއް ބާއްވަން ނިންމެވި ނަމަވެސް، ބާއްވާފައިނުވާކަމަށް އައްބާސް ވިދާޅުވިއެވެ.

