ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމުގައި ފެއިލްވީ އެމްޑީޕީ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް އަސާސީ ހިދުމަތް ކަމުގައިވާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދިނުމުގައި ފެއިލްވެފައި ވަނީ އެމްޑީޕީކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭތީއާއި، ފެނާއި ކަރަންޓުގެ ހިދުމަތް އަތްފޯރާ ފަށަށް ގެނައުމަށް ގޮވާލައި މިއަދުގެ ޖަލްސާއަށް އެމްޑީޕީ ވަނީ ގަރާރެއް ހުށަހަޅާފަ އެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ އެ ގަރާރު ބަހުސް ކުރިއިރު ސަރުކާރުގެ މެމްބަރުން ފާހަގަކުރައްވަމުން ގެންދެވީ އެމްޑީޕީގެ ވެރިކަމުގައި ހިދުމަތްތައް ދިނުމުގައި އިހުމާލުވެފައިވާ މިންވަރެވެ. އަދި މާލީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިކުރުވާފައި ހުރުމުގެ ސަބަބުން، ސަރުކާރަށް އޭގެ ދަތިތައް ދިމާވާކަމަށް މެމްބަރުން ވިދާޅުވި އެވެ.

ގަރާރަށް ވާހަކަ ދައްކަވަމުން މަމްދޫހު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރުގައި އެ ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓިއެއް އޮތެވެ. އަދި ރައްޔިތުންނަށްވީ އެންމެ ބޮޑު އެއް ވައުދަކާއި ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރުމުން ނަމަވެސް އެ ހައްގު ކަށަވަރުކޮށްދެވިފައި ނުވާކަމަށް މަމްދޫހު ވިދާޅުވި އެވެ. މަމްދޫހު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވުމަށް ފަހު އޭރު އޮތް ކްރެޑިޓް ލައިނެއްގެ ތެރެއިން 80 މިލިއަން ރުފިޔާ، 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް އެލޮކޭޓް ކުރެވުނު ނަމަވެސް، އެ މަސައްކަތްތައް ފުރިހަމައަށް ކުރިޔަށް ގެންދެވިފައި ނުވެއެވެ.

މަމްދޫހު ވިދާޅުވީ، މިކަމަށް ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަރުކާރުން ކަނޑައެޅި ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވި އިރު ވެސް މި މަޝްރޫއުތައް ގިނަ ރަށްރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި އޮތީ ހުއްޓިފައިކަމަށެވެ. މަމްދޫހު އިތުރަށް ވިދާޅުވީ އޭރުގެ ސަރުކާރުން މި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިޔަ ނަމަ މިހާރު ދިމާވާ ދަތިތައް ދިމާ ނުވީސްކަމަށެވެ. އަދި ވިދާޅުވީ އަސާސީ ހިދުމަތަކީ ކޮންމެހެން ބޭނުންވާ ހައްގެއްކަމަށް ދެއްކި، ފެނާއި ނަރުދަމާ ގާއިމު ކުރި ނަމަ 2023 ނިމޭއިރު ރަށްރަށުގެ ރައްޔިތުން ތިބޭނީ ހިތްހަމަޖެހިގެން އުފާވެރި ދިރިއުޅުމެއްގައި ކަމަށެވެ.

މަމްދޫހު ފާހަގަކުރެއްވި ގޮތުގައި 2020 ވަނަ އަހަރު ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، އޭގެ ތެރޭގައި 7 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން އޮތް ކަމުގައި ވިޔަސް، އެ މަސައްކަތްތައް ވެސް 2023 ވަނަ އަހަރު އައިއިރު ހުއްޓިފައިވާކަމަށެވެ.

އެމް.ޑީޕީ 2018ގައި ވެރިކަމާ ހަވާލުވެ ގާތްގަނޑަކަށް އޭރު، އޮތް ކްރެޑިޓް ލައިނެއްގެ ތެރެއިން 80 މިލިއަން ރުފިޔާ އެލޮކޭޓު ކުރެވިގެން ދިޔައީ 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ކަން ހަމަ މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން… އެހެންނަމަވެސް ހިތާމައަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ މި ކަމަށް ސަރުކާރަކުން ކަނޑައެޅި ނަމަވެސް 2023 ރިޔާސީ އިންތިހާބު ބޯމަތިވިއިރު ވެސް މި ދެންނެވި މަޝްރޫއުތައް ގިނަ ރަށްރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި އޮތުން…

ސަރުކާރުން ސިޔާސަތުތަކާއި ގުޅޭގޮތުން ބަދަލުތައް ގެންނަމުންދާއިރު، މަމްދޫހު ވަނީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހުނު ބައެއް ގޮންޖެހުންތައް ވެސް ފާހަގަކުރައްވާފަ އެވެ. މަމްދޫހު ވިދާޅުވީ، މި ސަރުކާރަށް މިދިޔަ ދޮޅު އަހަރުގައި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ބޮޑެތި ޕްރޮޖެކްޓުތައް ކުރިޔަށް ނުދާކަމަށް ބުނެކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ، ބޮޑެތި ހަރަދުތައްކޮށް ޕްރޮޖެކްޓުތައް ހިންގޭނެ ހާލަތެއްގައި ނޫންކަމަށް މަމްދޫހު ވިދާޅުވިއެެވެ.

މަމްދޫހު ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރަށް ”ބޮޑު ތަނުން ނޫނެކޭ“ ރައްޔިތުން ބުނިއިރު ދިވެހިރާއްޖެ އޮތީ ބަނގުރޫޓުވުމާ ދިމާލަށްކަން ވަރަށް ބޮޑަށް ސާފުކޮށް އެނގިފައިވާ ކަމަށެވެ. މިހާރުގެ ސަރުކާރާ ހަވާލުވެ، ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ ދިވެހިރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ.=

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: