ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މެންބަރުން ޕާޓީއިން ވަކިވާން އުޅޭ ވާހަކަ އަބްދުއްރަހީމް ދޮގު ކުރައްވައިފި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ނަްއިބުރައީސް ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ މެމްބަރުންތަކެއް މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް، ޕާޓީ ދޫކުރަން އުޅޭކަމުގެ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމްއަކީ މި ސަރުކާރު ގެނައުމުގައިއާއި، ޕީއެންސީއަށް މަޖިލީސް އިންތިހާބު ކާމިޔާބުކުރުމުގައި އެންމެ އިސްކޮށް ޝާމިލުވީ އެކަކެވެ.

ޕާޓީގެ ތެރޭގައި މައްސަލަތަކެއް ޖެހި، މެންބަރުންގެ މެދުގައި ސަރުކާރުގެ ސިޔާސަތުތަކާއިމެދު ކަންބޮޑުވުން އެބައޮތްކަމަށް ތުހުމަތުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. އައްބާސް ވިދާޅުވި ގޮތުގައި މެންބަރުން ވަނީ މި ޝަކުވާތައް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ހުށައަޅާފައެވެ. އެގޮތުން ކަންކަމާއިމެދު މަޝްވަރާ ނުކުރާކަމުގެ ކަންބޮޑުވުންތަކާއި، ބަސް ބުނުމުގެ ފުރުސަތު ނޯންނަ ކަންބޮޑުވުންވެސް މެންބަރުން ވަނީ ރައީސްއަށް ހުށައަޅާފައިކަމަށް އައްބާސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލުމަށްޓަކައި މަސައްކަތް ކުރާކަމަށްވެސް މެންބަރުން ވިދާޅުވިކަމަށް އައްބާސް ވަނީ ފާހަގަކޮށްފައެވެ. އަދި ވަރަަށް ތަފްސީލީ ގޮތެއްގައި މި ވާހަކަތައް އައްބާސް ވަނީ ހިއްސާކުރައްވާފައެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ މި ބައްދަލުވުމުގައި އޭނާވެސް ބައިވެރިވެފައިވާނެކަމަށެވެ. އަދި މިއީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. މިހެން ފަތުރާ ދޮގު ހަބަރުތަކުން ބައިބައިވާ ވަރަށްވުރެ ،ޕީއެންސީގެ ޕީޖީ މާ ވަރުގަދަވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މިއީ ޕީއެންސީގެ އެތެރޭގެ މައްސަލަތަކެއް ހުރިކަމަށް ވާހަކަދެކެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. އަބްދުއްރަހީމްއާއި، ރައީސްއާއި ދެމެދުވެސް ނުތަނަވަސްކަން އެބައޮތްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: