ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހިންގާނެ ހަކަތައެއް މި ސަރުކާރުގެ ނެތް: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މާލީ ހާލަތު ކަންބޮޑުވާ ހާލަތެއްގައި އޮތް އިރު، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ހަކަތައެއް މި ސަރުކާރުގައި ނެތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ޝަމްހީދު ވިދާޅުވީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ބޮޑެތި އިސްރާފުތަކާއި ވައްކަން އަށަގެންފައިވާކަމަށެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އަގުބޮޑުވުމުގެ ސަބަބަކީ އެއީ ކަމަށެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިސްރާފު ބޮޑުކަމަށް ބައެއް މެންބަރުން މަޖިލީހުގައި ފާހަގަކުރުމާއި އެކު ޕީއެންސީގެ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި މެމްބަރުންނަށް ހުރަސްއަޅަ އެވެ. އަދި ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކުން ރައްޔިތުންނަށް ސައްހަ ތެދު މައުލޫމާތުތައް ދިނުމުގެ ބަދަލުގައި އޮޅުވާލައި ދޮގު ވާހަކަތައް ދައްކަމުންދާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ކޮންމެ ގޯހެއްގެ ޒިންމާ ނަަގަން ޖެހޭނީ، އެމްޑީޕީގެ ފަސް އަހަރުކަމަށް ބުނެ ހުރިހާކަމެއް ”ކުރީ ސަރުކާރު“ ގެ ބޮލުގައި ނޭޅުވޭނެކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވުމުން ފެށިގެން ގޮސް، ރައްޔިތުންނަށް އަސާސީ ހިދުމަތް ނުދެވެނީ އެމްޑީޕީގެ ސަބަބުންކަމަށް ސަރުކާރުން ބުނަމުން ދަނީ އެއްވެސް އަސާސެއް ނެތިކަމަށެވެ. އަދި މި ސަރުކާރުގެ ނާކާމިޔާބީގެ ޒިންމާ އެމްޑީޕީ ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ވެރިކަމެއް ހިންގަން ޖެހޭ ގޮތް ނޭނގިގެން އުޅެނީ މި ސަރުކާރުންކަމަށާއި، ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމުގެ ބަދަލުގައި ފެންނަނީ އިސްރާފު ކުރުމުގައި އަވަދިނެތި އުޅޭތަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް މި ސަރުކާރަށް ނުދެވިގެން އުޅޭ ސަބަބަކީ، ވައްކަމާއި ކޮރަޕްޝަން އިތުރުވުން ކަމަށެވެ.

ކިހިނެއްހެއްޔޭ މިކަން ކުރާނީ، ސަރުކާރުގެ އިސްރާފު ބޮޑު.. ހަގީގަތުގައި ވެސް ސަރުކާރުތަކާއި ސަރުކާރުގެ ކުންފުނިތަކުގައި އިސްރާފާއި ވައްކަން ވަރަށް ބޮޑު

ޝަމްހީދު ވިދާޅުވީ ރައްޔިތުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުން ވެސް ސަރުކާރުން ގޯސް ކުރީ އެމްޑީޕީކަމަށެވެ. އަދި މާލީ ހާލަތު ގޯސްކަމަށް ބުނުމަށް ފަހު އޭގެ ފަހުން ފެންނަނީ ހަވާ އެރުވުމާއި ޑްރޯން ޝޯތައް ބާއްވައި ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރާ މަންޒަރުކަމަށް ޝަމްހީދު ވިދާޅުވި އެވެ. މިފަދަ އިސްރާފުތަކުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކުގެ އަގު ރަނގަޅުވުމުގެ ބަދަލުގައި އުފުލިގެންދާކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ސަރުކާރަށް ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ހަކަތައެއް ވެސް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ ކަންކަން އިސްލާހު ކުރުމުގެ ނިޔަތް ސަރުކާރުގެ އޮތް ނަމަ ކުރެވޭނެ ވަރަށް ގިނަ މަސައްކަތް އެބަހުރިކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ސިނާއަތްތައް ރަށްރަށުގައި ހިންގުމާއި، އާންމު ފަރުދުންނަށް ގެސްޓުހައުސް ވިޔަފާރިތަކާއި މެނުފެކްޗަރިން ކުރިއެރުވުމަށް މަގުފަހިކުރެވިދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: