ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވޭ: ހޯމް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި އެއްވެސް އިރެއްގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނެތްކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑު އެންޑު ސެކިއުރިޓީން ބުނެފިއެވެ.

މަގުބޫލު ޝަހުސިއްޔަތަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކުރީ ދިވެހި ޕާސްޕޯޓެއް އޮތް މީހެއްގެ މައްޗަށްކަމަށް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. މި ވާހަކަތައް ދޮގުކޮށް އިމިގްރޭޝަނުން ވެސް ބަޔާނެއް އާންމު ކުރި އެވެ.

އިމިގްރޭޝަނުން ބުނީ އޭނާއަކީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވާ މީހެއް ނޫންކަމަށެވެ.

މި މައްސަލައިގައި މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރިކޯޑުތަކުގައި، ”ސުންދަރލިންގަމް ކޫޑަލިންގަމް“ގެ ނަމުގައި، ދިވެހި ރައްޔިތަކު ރިކޯޑުކުރެވިފައި ނުވާކަމަށެވެ.

މީގެއިތުރުން، މޯލްޑިވްސް އިމިގްރޭޝާނުގެ ރިކޯޑުތަކުގައިވެސް، އެ ނަން ކިޔާ ފަރާތަކަށް، ދިވެހި ޕާސްޕޯޓެއް ހަދާދީފައި ނުވަތަ ދޫކޮށްފައިވާކަން އެނގޭކަށް ނެތްކަމަށެވެ. އަދި އެ މީހާއަކީ، ދިވެހި ރައްޔިތެއްކަމަށް ލިޔެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައުލޫމާތެއް ނޫންކަމަށް، އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ވަނީ، މިފަދަ ކަންކަމާއި ގުޅުވައި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އިނގިރޭސި ބައެއް ނޫސްތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވެސް އޭނާއަކީ ދިވެހި ރައްޔިތެއް ކަމަށް ބުނެފައިނުވެ އެވެ. އެ ހަބަރުތަކުގައި ވަނީ ތައުލީމީ ހަޔާތެއް ހޭދަކުރުމުގެ އިތުރުން އޭނާ އިނގިރޭސިވިލާތަށް ހިޖުރަކުރީ ދިވެހިރާއްޖޭގައި ދިރިއުޅެމުން އައުމަށްފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: