ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 16 އިންސައްތަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފި: އެފްޑީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

4000 ފުލެޓު ހަވާލުކުރުމުގެ މަަސައްކަތްތަކުގެ ތެރެއިން 16 އިންސައްތަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

އެފްޑީސީން ބުނެފައިވަނީ މިހާތަނަށް ތާވަލުކުރެވުނު އެއްބަސްވުންތަކުގެ އަދަދަކީ 667 ކަމަށެވެ. އޭގެތެރެއިން މިހާތަނަށް 640 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެންގުމަށްފަހު، އެ ފަރާތްތަކުން ވާނީ ”ފަހި ޕޯޓަލް“ އަށް ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑު ކުރަންޖެހެއެވެ.

މި ލިޔެކިޔުންތަކަކީ ސައްޙަ އަދި ސާފުކޮށް ކިޔަން އެނގޭ ލިޔެކިޔުންތަކަކަށް ވާންޖެހެއެވެ. ލިޔެކިޔުންތައް އަޕްލޯޑްކުރުމުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ގަޑި ކަނޑައެޅިގެންދާނެއެވެ. އަދި، މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެފްޑީސީ މެދުވެރިވެގެންނެވެ.

ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޚާއްސަކުރެވިފައިވާ ސަރަޙައްދެއްގައި، ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ”ދޯދި ޓަވަރު“ އަދި ”އުދަރެސް ޓަވަރު“ ތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކަށްވާއިރު، އުދަރެސް ޓަވަރުތަކުގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައިވާއިރު، ދޯދި ޓަވަރުތަކުގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: