ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޓަރމްގެ ކިޔެވުން ފަށައިފި

ކޮވިޑުގެ އާއްމު ހާލަތާއި އެކު، ގައިޑްލައިންތަކަށް އިސްކަން ދީގެން ސްކޫލުތަކުގެ ކިޔެވުންތައް ވަނީ ފަށާފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓަރމްގެ ކިޔެވުން ފަށައިފިއެވެ.

ދެވަނަ ޓަރމްގެ ކިޔެވުން ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މިއަހަރުގެ ދިރާސީ އަހަރުގައި 90،000 އެއްހާ ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އެއީ ސަރުކާރުގެ 217 ސްކޫލްއެއްގައި ކިޔަވަމުންދާ 84000 އެއްހާ ދަރިވަރުން ހިމަނައިގެންނެވެ.

ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް މި ސަރުކާރުން ވަނީ އިފްތިތާޙު ކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުން ކަމަށެވެ. އެގޮތުން ޕްރައިމަރީ ގްރޭޑުތަކަށްވެސް ގިނަ އަދަދެއްގެ މުދައްރިސުން މިހާރުން މިހާރަށް ބޭނުންވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުންދާއިރު، އަދި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގެ ކަންކަމުގައި ހޭދަކޮށް، ބެލެނިވެރިން އެތައް މަސައްކަތްތަކެއް ކުރަމުންދާއިރު، އަދިވެސް ނަތީޖާގައި އެދެވޭ ކުރިއެރުންތަކެއް ފާހަގަވެފައިނުވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ޙައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: