ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުތަކެއް ކުރިން ހަވާލުކުރި ނަރުދަމާގެ މަސައްކަތްތައް ނުނިމި އޮތްކަމުގެ ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2017 ވަނަ އަހަރު ހަވާލުކުރެވުނު ނަރުދަމާގެ ޕްރްރޮޖެކްޓުތަކެއް ނުނިންމާ އޮތުމުގެ ސަބަބުން އަނެއްކާ 2020 ވަނަ އަހަރު އެހެން ކޮންޓްރެކްޓަރުންތަކަކާއި ހަވާލުކުރިކަމަށާއި 2025 ވަނަ އަހަރު ޖެހުނުއިރުވެސް މިގޮތުގެ މަތިން ޕްރޮޖެކްޓުތައް ނިންމާނުލެވި ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމާއިބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު މަމްދޫހު ވިދާޅުވީ، 2017 ވަަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ހަވާލުކުރެވުނު ނަރުދަމާތަކެއްގެ މަސައްކަތްތައް އަނެއްކާވެސް 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި ހަވާލުކޮށްފައިވާކަން ފެންނަން އޮތްކަމަށެވެ. މި މަސައްކަތްތައް އެންމެ ފުރަތަމަ ހަވާލުކުރީ 2 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަކަށް ކަމަށާއި ނަމަވެސް އަމަލީ މަސައްކަތްތައް ނުފެށި އޮއްވާ އަނެއްކާވެސް 2019 އާއި 2020ގައި ކޮންޓްރެކްޓު ބާތިލުކުރުމަށްފަހު އަލުން ހަވާލުކުރެވުނުކަމަށެވެ. އަދި މި މައްސަލައިގެ ވާހަކަތައް ދެކެވެމުންދިޔަ ވަގުތެއްގައި ހަވާލުކުރި ނަރުދަމާތަކެއްގެ މަސައްކަތްތައް ހުއްޓިފައިހުރިކަން ފާހަގަކުރެވޭކަމަށްވެސް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ވަރަށް ކުޑަކުޑަ މަސައްކަތްތަކެއް ކުރެވުމަށްފަހު ހުއްޓިފައި ހުރިކަން ފާހަގަކުރެވޭއިރު އެކިއެކި މިނިސްޓްރީތަކުގެ ދަށުންވެސް ޕްރޮޖެކްޓުތައް ހަވާލުކުރެވިފައި ހުރިކަން ފެނިގެންދާކަމަށެވެ. މަމްދޫހު ވިދާޅުވީ، ހާއްސަ ގޮތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށުން ގިނަ ކޮންޓްރެކްޓަރުންތަކަކާއި ހަވާލުކުރެވިފައި ހުރިކަމަށާއި މިކަމާއި ގުޅުންހުރި ގާނޫނެއް 2020 ވަނަ އަހަރުގައި ވުޖޫދުކުރެވުނުއިރު ފަސް އަހަރު ކަނޑައެޅިނަމަވެސް މިފަދަ ޕްރޮޖެކްޓުތައް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭކަމަށެވެ. ނަމަވެސް މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކުގައި ޕްރޮޖެކްޓުތައް ނުނިމި ހުރިކަމަށާއި އަނެއްކާވެސް ގާނޫނުގައި ކަނޑައެޅިފައިވާ ތާރީހަށް ބަދަލެއް ގެންނަންޖެހިފައިވާކަމަށެވެ.

މަމްދޫހު ވިދާޅުވީ، 2017 ވަނަ އަަހަރުގައި ހަވާލުކުރި ޕްރޮޖެކްޓުތަކެއް 2020 ވަނަ އަަހަރު ޖެހުނުއިރު ނުނިމި ހުންނާނީ ވަރަށް ގިނަ ސަބަބުތަކެއް ދިމާވެގެންކަމަށެވެ. އަދި 2020 ވަނަ އަހަރު ހަވާލުކުރެވުނު މަސައްކަތްތަކެއް 2025 ވަނަ އަހަރު ޖެހުނުއިރު ނުނިމި ހުންނާނީވެސް ސަބަބުތަކެއް މެދުވެރި ވެގެންކަމަށެވެ. އަދި މިހާރު ފައިސާގެ ދަތިކަން އޮތްކަމުގެ ވާހަކަތައް އިވިގެންދާއިރު އެކަންކަން ހުރިނަމަވެސް މަސައްކަތްތައް ނިންމޭނެކަމުގެ ޔަގީންކަން އޮތްކަމަށް ބުނާ އަޑުވެސް އިވިފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ޕްރޮޖެކްޓުތައް ހަވާލުކުރެވުނީވެސް މިހާރާއި އެއްގޮތަށް އިގްތިސާދީގޮތުން ކޮންމެވެސް ދަތިތަކެއް ހުރި ދުވަސްވަރެއްގައިކަމަށެވެ. އަދި އޭރުވެސް ސްޓޭކް ހޯލްޑަރުންނާއި ކޮމިޓީތަކުގައި މަޝްވަރާކުރެވުމުން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތްތައް ނިންމައި ހަވާލުކުރެވޭނެކަމުގެ ޔަގީންކަން މަޖިލީހަށް ދީފައިވާކަމަށެވެ. އެހެންކަމުން މެމްބަރުވަނީ ފައިނޭންސިންގް މައްސަލަ ނޫނީ ދެން އެ ދުވަސްވަރު ދިމާވެގެން އައި މައްސަލަތަކަކީ ކޮބައިކަން ދެނެގެނެވުނުތޯ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: