ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ވިޔަފާރިއަށް މަރުގެ އަދަބުދޭ ޤައުމުތަކުގައި ނިސްބަތުން ކުށްމަދު: ސައްތާރު

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ކުށްމަދު ޤައުމުތަކުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ ސިޔާސަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މަސްތުވާތަކެތި ވިއްކައި އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްޓަކައި މިހާރު އޮތް ބިލަށް އިސްލާޙުތައް ގެންނަވާނެކަން ސަރުކާރުން ހާމަކޮށްފައިވާ ކަމަށާއި، މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރަކުން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެ ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރަކުން މިކަން ކުރަން ބޭނުންވެއްޖެއްޔާ ކުރެވޭނެއޭ އަދި އެކަން ކުރާނެއޭ.  

މިހާރުވެސް މަރުގެ އަދަބު އިއްވާފައި ތިބި މީހުންނަށް އެ ޙުކުމް ތަންފީޒު ނުވާކަމަށް ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ސައްތާރު ވިދާޅުވީ، އެ މައްސަލަތަކުގައިވެސް ތަންފީޒު ކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެކި މައްސަލަތަކުގައި ޙާލަތު ތަފާތުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޤާނޫނު ބަދަލު ކުރެއްވުމަށް ރައީސް ނިންމެވި މި ނިންމެވުމަކީ މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ކުށް މަދު ޤައުމުތަކުގައި ތަންފީޒު ކުރާ ކަމެއް ކަމަށެވެ. އަދި އެ ބަދަލުގެ ހެޔޮ ނަތީޖާވެސް އެ ޤައުމުތަކުން ފެންނަކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ޤާނޫނު ބަދަލު ކުރެވި ތަންފީޒު ކުރުމާ ހިސާބަށްދާއިރު، މި ސަރުކާރުން އެ ކަންކަން ތަންފީޒު ކުރުމަށް ފަހަތަކަށް ނުޖެހޭނެކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.

މި އިސްލާޙު މިގޮތަށް އައިސް ތަންފީޒާ ހިސާބަށް ގޮއްސިއްޔާ މި ސަރުކާރުން އެކަން ތަންފީޒު ކުރާކަށް ފަހަތަކަށް ނުޖެހޭނެ

ސައްތާރު ވިދާޅުވީ، ސަރުކާރުން ނިންމާފައިވާ އެކިއެކި ނިންމުންތަކާ ގުޅިގެން ސިޔާސީ ފާޑުކިޔުންތައް އަމާޒުވި ކަމަށާއި، ނަމަވެސް ސަރުކާރުން ނިންމި ގިނަ ނިންމުންތައް އެގޮތުގައި ތަންފީޒުވެސް ކުރަމުންދާކަމަށެވެ. އެހެންކަމުން ޝަރުއީ ކޯޓަކުން ހުކުމްކޮށް ހުރިހާ މަރުހަލާއަކުން ކުށް ސާބިތުވާ ޙާލަތްތަކުގައި ސަރުކާރުން އެކަންކަން އެގޮތުގައި ތަންފީޒު ކުރަމުންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާއި ބެހޭ އިސްލާހުގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭވަރުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

މަސްތުވާކަތީގެ ވިޔާފާރިކޮށް، އެ ބޭނުން ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދިނުމާއި ގުޅޭ ވާހަކަތައް ދެކެވުނު ނަމަވެސް މިހާތަނަށް ގާނޫނަށް އެދެވޭ ބަދަލުތައް ގެނެވިފައި ނެތެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިހިބިލިޓޭޓުކޮށް، އޭގެ ބޮޑުންކަމަށް ފާހަގަކުރެވޭ މީހުންނަށް ގަނޫނީ ނިޒާމުގެ ތެރެއިން ދެވޭ އެންމެ ބޮޑެތި އަދަބުތައް ދިނުމަށް ބިލެއް ފަރުމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުގެ ފަހުކޮޅު ބިލެއް ހުށަހެޅި އެވެ.

އެ ބިލުގައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުންނަށް މަނީލޯންޑްރިންގެ ދައުވާ ކުރުމާއި، ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުމަށް ހިމަނާފަ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމަށް ބަލައި، އެ ދައުވާ އުފުލޭނެ ހާލަތްތައް ތަފްސީލުކޮށްފައި ވެއެވެ. ބިލުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު، މަސްތުވާކަތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. އެކަމަކު ބިލު ހުށަހެޅިއިރު އެފަދަ މާއްދާއެއް ނެތެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތީގެ ވަބާއން މުޖްތަމައު ސަލާމަތް ކުރުންކަމަށްވުމާއި އެކު، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެ ބިލު ފަރުމާ ކުރުމަށް އަންގަވައި އެކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: