ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަކީ މުޅި ދުނިޔެ ބަލައިގަންނަ ސިޔަސަތުތަކެއްކަން އިޒްރާއީލު ޕާސްޕޯޓު މައްސަލައިގައި ހާމަވި: ހަލީލް

ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ހަލީލް މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަކީ މުޅި ދުނިޔެ ބަލައިގަންނަ ސިޔަސަތުތަކެއްކަން އިޒްރާއީލު ޕާސްޕޯޓު މައްސަލައިގައި ހާމަވިކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިހާރު މި ސަރުކާރުން ވަނީ އިޒްރާއީލުގެ ޕާސްޕޯތުގައި ރާއްޖެއަށް އެތެރެވުން މަނާކޮށްފައިކަން ފާހަގަކޮށް މިނިސްޓަރާއި މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. އޭނާ ސުވާލުކުރީ މިކަމުގެ ސަބަބުން ކުރި އަސަރަކީ ކޮބައިތޯއެވެ. އެއީ ރަނގަޅު އަސަރެއްތޯ ނުވަތަ ގޯސް އަސަރެއްތޯއެވެ. ސަބަބަކީ މިކަމުގެ ސަބަބުން ރާއްޖެއަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށް ބުނެ ވާހަކަދެކެވުންކަމަށް ހުސްނީ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއްދެއްވާކަމަށެވެ. މިކަމުގެ ނަތީޖާއަކީ އަރަބި އިސްލާމީ ގައުމުތަކާއިއެކު ރަނގަޅު ގުޅުމެއް އޮތުންކަމަށެވެ.

ފަލަސްތީނަށް ޖެހިފައިވާ މައްސަލަގައި ކުޑަ ގައުމަކަށް، އެންމެ ވަރުގަޔަށް މަސައްކަތްކުރާ އެއް ގައުމަކީ ރާއްޖެކަ ން ބައިނަލްއަގުވާމީ ދުނިޔެއިންވެސް ބަލައިގެންފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިޒްރާއީލްގެ ޕާސްޕޯޓު މަނާކުރީވެސް މިހެންކަމަށް ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖެއަށް އެތައް ބައެއްގެ ތައުރީފު ލިބެމުންދާކަމަށް ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ މި ނިންމުމުގެ ސަބަބުން ވިލާތުގެ ގިނަ ގައުމުތަކަކުންވެސް ފަލަސްތީނުގެ ދިފާއުގައި ވާހަކަދައްކަން ފަށާފައިވާކަމަށް ހަލީލް ވިދާޅުވިއެވެ. މި މުޅި މޫވްމެންޓަކީ ރާއްޖެއިން ލީޑް ކުރި މޫވްމެންޓެއްކަމަށް ހަލީލް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް އެތައް ފައިދާއެއް ކޮށްފައިވާކަމަށް ވިދާޅުވެ ހަލީލް ފާހަގަކުރެއްވީ އިސްލާމީ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތް ކުރަން ފަށާފައިވާ މިންވަރެވެ. މިކަމުން ހާމަވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަކީ މުޅި ދުނިޔެ ބަލައިގަންނަ ސިޔަސަތުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: