ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއް: ޑރ ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ނިންމާ ސަނަދު ޙާސިލްކުރި ދަރިވަރުންނަށް ސަނަދު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށާއި ރައީސްގެ އެންމެ ފުރަތަމަ ތަޤުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށެވެ.

ވަޒީރުގެ ވާހަަކަފުޅުގައި ޒުވާން ޚަޠީބުންނަށް އަގުހުރި ގިނަ ނަޞޭޙަތްތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިޚްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށާއި ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެއްކަމަށެވެ. އަދި ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއްކަމަށާއި މިކަމުގެ މަތީގައި އަބަދަށް ދެމިތިބުމަށާއި މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ ޒުވާން ޚަޠީބުންނަށް ނަސޭޙަތްތެރިވެލައްވާފައެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައިވަނީ، ޒުވާން ޚަޠީބުން އިސްވެ މި ދާއިރާއިން އިތުރު ޒުވާނުން ކުރިއަށް ދިއުމަށް ހިއްވަރުދީ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް ސަނަދު ޙާސިލްކުރެއްވި ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުޙަބާއާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދޭ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށާއި މިކަމުން އެނގިގެންދަނީ މި ޕްރޮގުރާމު ބަލައިގެންފައިވާ މިންވަރުކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: