ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާނުކޮށް ވަޒީފާގައި އުޅުނުކަމަށް ބުނި އޮފިސަރު ބަންދު ނުކުރަން ނިންމީ ގޯސްކޮށް!

ވޭޕު މައްސަލައިގައި ގދ ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕު މައްސަލައިގައި ގދ ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް އެ މަގާމަށް ހުވާކޮށްފައި ނުވާކަމަށް ހައި ކޯޓުގައި ބުނެފައިވާއިރު، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ވޭޕު ވިއްކުމުގެ ތުހުމަތުގައި ގދ ތިނަދޫއިން ހައްޔަރުކުރި މުހައްމަދު ސާޖިދު އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެފަދަ އާލާތްތައް ވިއްކުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރަކާއިއެކު ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހުއެވެ. އެތަނުން އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި މައްސަލައިގައި ބަންދާއިމެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާއިރު ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ދައުލަތުންވަނީ އެ ނިންމުން ބަދަލުކުރުމަށް އެދިފައެވެ.

ދައުލަތުން ބުނާގޮތުން ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތްކަމަށް ތިނަދޫ ކޯޓުން ނިންމި ނަމަވެސް އީސިނގިރޭޓަކީ ގާނޫނީގޮތުން މަނާކުރެވިފައިވާ އެއްޗެއްކަމަށްވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮވެއެވެ. އަދި މި ތުހުމަތު އަމާޒުވަނީ ފުލުހެއްގެ ވަޒީފާ އަދާކުރުމަށްޓަކައި އެ މަސްއޫލިއްޔަތުގެ ހުވާ ކޮށްގެން ހުރި މީހެއްގެ މައްޗަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ ވަކީލުން ހާމަކުރިގޮތުން އޭނާއަކީ ގާނޫނުން ބަލައިގަންނަ ސްޕެޝަލް ކޮންސްޓަބަލްއެއްގެ ހުވާކޮށްފައިވާ ފަރާތެއްކަމަށާއި ހުވާގެ އިގުރާތުގައި ސޮއިވެސް ކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ ފަރާތުން އަމާޒުވި ސުވާލުތަކަށް ޖަވާބުދެމުން ސާޖިދުވަނީ ރަސްމިއްޔާތުގައި ބައިވެރިވިކަން ފާހަގަކޮށްފައެވެ. ނަމަވެސް އޭނާ ބުނާގޮތުން މަސްއޫލިއްޔަތުގެ ހުވާކޮށްފައިނުވާނެއެވެ. އަދި އޭނާ އެތަނުގައި ހުރީކަމަށް ބުނެފައިވެއެވެ.

ހުވާނުކުރިޔަސް ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްއެއްގެ ވަޒީފާ އަދާކުރަމުން އައިކަންވެސް ހާމަކޮށްފައިވާއިރު މުސާރަވެސް ލިބުނުކަމަށް ސާޖިދު އެއްބަސްވިއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ، ރަސްމީ ގޮތެއްގައި ބޭއްވި ރަސްމިއްޔާތަކަށް ގާނޫނީގޮތުން ކުރަންޖެހޭ ހުވައެއް ކުރުމުގެ ގޮތުން ހާޒިރުވި މީހަކު އެތައް ދުވަހެއް ވަންދެން ވަޒީފާ އަދާކުރުމަށްފަހު ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް ހުވާ ނުކުރާކަމަށް ބުނުން ގަބޫލު ނުކުރެވޭކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުން ނިންމެވީ އޭނާ ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ބާތިލު ކުރެއްވުމަށެވެ. އަދި ހައިކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް މި މައްސަލައިގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފިނަމަ ގޮތެއް ނިންމެވުމަށްވެސް ފަނޑިޔާރުން ވަނީ ދަންނަވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: