ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތުގެ އަޅުކަން އިތުރަށް ހަރުދަނާކޮށް، ބެލެހެއްޓުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށައެޅި ބިލް ބަލައިގެންފި

ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތުގެ އަޅުކަން އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ. .

މި ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ  ވޯޓުގައި ބައިވެރިވީ މެންބަރުންގެ އިއްތިފާގުންނެވެ. އަދި ބިލު ދިރާސާކުރުމަށްޓަކައި ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލު ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދުއެވެ

މި ބިލުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަގްސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، ޒަކާތް ދައްކަންޖެހޭ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމްވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމްވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމަކީވެސް މި ބިލުގެ މުހިންމު މަގްސަދުތަކެވެ.

މި ބިލުގެ އެއް މުހިންމު މަގްސަދަކީ ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމެވެ. މިގޮތުން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް މި ބިލުގައި ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

މި ބިލުގެ ސަބަބުން ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެއެވެ. އަދި ޒަކާތުގެ ރުކުނާ ބެހޭ ގޮތުން ޤައުމު ހޭލުންތެރިކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ. ޚާއްޞަކޮށް ޒުވާން ޖީލަށް ޒަކާތް ދެއްކުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިލްމީ މަސައްކަތްތަކެއް ކުރުމަށް މި ބިލުން މަގުފަހިކޮށްދޭނެއެވެ.

މި ބިލަކީ 6 ބާބަކަށް ބެހިގެންވާ، މުޅިން އަލަށް ފަރުމާކޮށްފައިވާ ބިލެކެވެ. މި ބިލުގެ ސަބަބުން ޒަކާތްފަދަ މުހިންމު އަޅުކަމެއް އަދާކުރާ ގޮތް ރަނގަޅަށް ބެލުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޒަކާތުގެ ކަންކަން އިންތިޒާމްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދަށް އަންނާނެއެވެ.

ޒަކާތުގެ ބިލަކީ އިސްލާމްދީނުގެ މުހިންމު ރުކުނެއް އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ މުހިންމު ބިލެކެވެ. މި ބިލުގެ ސަބަބުން މުޖުތަމަޢުގެ އިޖުތިމާޢީ ފުދުންތެރިކަން އިތުރުވެ، ޒަކާތުގެ މަގްސަދުތައް އިތުރަށް ހާސިލްވެގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: