ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުޕޭ ޑައުންލޯޑްކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު!

ދިރާގުޕޭ: ފޮޓޯ/ ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތު ދިރާގު ފިންޓެކްއިން ހުޅުވައިލައިފިއެވެ.

ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޑިސެންބަރު 2025ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް މި އަގުހުރި އިނާމު ލިބިގެންދާނެއެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފަރ، ފަވަރަ ޓްރާންސްފަރ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ދިރާގު ފިންޓެކް އަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: