ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތް ބިލު ފަރުމާކޮށްފައި އޮތީ ދައުލަތަށް އިތުރު ބުރައެއް އުފުއްލަން ޖެހޭނެ ގޮތަށް: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތާއި ބެހޭ ބިލު ފެނިގެންދަނީ ދައުލަތަށް އިތުރު ބުރައެއް އުފުލަންޖެހޭ ގޮތަށް ފަރުމާކޮށްފައި އޮތް މަންޒަރުކަމަށް މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޒަކާތާއި ބެހޭ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، ޒަކާތް ދެއްކުމަކީ ދިވެހި އެންމެހާ ރައްޔިތުންވެސް އެކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، މިއަދުވެސް ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

އެހެންކަމުން އެކަމާއި ގުޅުންހުރި ގާނޫނެއް ވުޖޫދުކުރުމުގެ ބޭނުމަށް ބަލާލުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. މިގޮތުން ބިލަށް ބަލާލާއިރު މިއީ އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީއަށް ވަކި ހާއްސަ ބާރުތަކެއް ދީގެން ގިނަ އަދަދެއްގެ އިދާރާތަކެއް އުފެއްދުމަށްޓަކައި މަގުފަހިކުރު،މަށް ހަދާފައިވާ ބިލެއްގެ ގޮތުގައި ފެނިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، މިއަދު ރާއްޖޭގައި ޒަކާތް ނެގުމުގެ މަސައްކަތްތަކުގައި މީރާގެ ބޮޑު ދައުރެއް އޮތްކަމަށެވެ. އަދި އެ މުއައްސަސާއިން މަސައްކަތްތައް ފުރިހަމަކުރަމުންދާއިރު މި ބިލާއިއެކު އެތަން އޮތް ގޮތަށް ބޭއްވުމަށްފަހު އިސްލާމިކް މިނިސްޓްރީގައި އެފަދަ އެހެން މުއައްސަސާއެއް އުފެއްދުމަށް ލާޒިމުވެގެންދާކަމަށެވެ.

ޝަމްހީދު ވިދާޅުވީ، މޯލްޑިވްސް ޒަކާތު ހައުސްގެ އިތުރުން ޒަކާތާއިބެހޭ އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުންވެސް ހިމެނިފައިވާކަމަށާއި އެހެންކަމުން ހުރި ވަސީލަތްތަކެއް އަލުން އުފެއްދޭ ގޮތް ވެގެންދާކަމަށެވެ. މިގޮތުން މީރާގެ ނަމުގައި މުއައްސަސާއެއް އޮތްއިރު އެތަނުން ޒަކާތް ނެގުމުގެ މަސައްކަތްތައް ކުރެވޭނެކަމަށާއި އެކަމަށް ދައުލަތުން އިތުރު މާ ގިނަ ހަރަދުތަކެއްވެސް ކުރަން ނުޖެހޭކަމަށެވެ. މެމްބަރު ވިދާޅުވީ، މިހާރުވެސް ރާއްޖޭގައި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އޮތްކަމަށާއި އެއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްކަމަށެވެ.

އެހެންކަމުން މިކަމަށް ހާއްސަކޮށް އިތުރު މަޖިލީހެއް އުފައްދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި މުޅި ބިލުންވެސް ފެންނަނީ ހުރި ވަސީލަތްތަކެއް ތަކުރާރުކޮށް އުފެއްދި އެކަމުގެ ސަބަބުން ދައުލަތަށް އިތުރު ބުރައެއް އުފުލަންޖެހިގެންދާ މަންޒަރުކަމަށެވެ. މެމްބަރު ވިދާޅުވީ، މިސާލެއްގެ ގޮތުގައި ރާއްޖެއިން ނަގަނީ ސައުދީ އަރަބިއްޔާކަމަށްވާއިރު އެ ގައުމުގައި ޒަކާތާއި ޓެކްސްވެސް ނެގުމުގެ މަސައްކަތްތައް ކުރަމުންދަނީ ޓެކްސް އޮތޯރިޓީންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: