ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތުގެ އާމްދަނީ އިތުރުވަމުން: 7 މަހުގެ ތެރޭގައި 73 މިލިއަން ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 73 މިލިއަން ރުފިޔާ ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މުދަލު ޒަކާތުގެ އާމްދަނީގެ ކުރިއެރުން

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެ ފަހުން ނެރެފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ 73 މިލިއަން ރުފިޔާއަކީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 66 މިލިއަން ރުފިޔާއެވެ.

މަހުން މަހަށް އަންނަ ބަދަލުތައް

2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 12 މިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. އެއީ 2024 ވަނަ އަހަރުގެ ޖުލައި މަހު 15 މިލިއަން ރުފިޔާ ލިބިފައިވާތީއެވެ.

މުދަލު ޒަކާތުގެ ނިޞާބު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުގެ ބަދަލު ގެނެސްފައެވެ. މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,264.15 ރުފިޔާއެވެ. މި އަދަދު ކަނޑައެޅުމުގައި ބަލަނީ ރަނާއި ރިހީގެ އަގަށެވެ. އެހެންކަމުން، ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަދަދަށްވެސް ބަދަލު އަންނަމުންދެއެވެ.

މުދަލު ޒަކާތް ދެއްކުމުގެ މުހިންމުކަން

މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ ހިޖުރީ އަހަރެއް ފުރިހަމަވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެކެވެ. މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރަކީ ނިޞާބު ހަމަވާ މުދަލުގެ 2.5 އިންސައްތައެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކިދާނެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވަމުން ދިއުމަކީ އުފާވެރި ކަމެކެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވަމުން އަންނަކަމުގެ ހެއްކެކެވެ. އަދި މުޖުތަމަޢުގެ ތެރޭގައި މުދަލު ޒަކާތް ދެއްކުމުގެ މުހިންމުކަން ވިސްނި، އެކަމަށް އަހައްމިއްޔަތުކަން ދެމުންދާކަން ދައްކުވައިދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: