ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ގޮތަކީ މަގުތައް ރަނގަޅަށް ލެވެލްކޮށް، ރަނގަޅު ފެން ހިނދޭ ނިޒާމަކާއި އެކު މަގުތައް ތަރައްގީ ކުރުމަށް ނަމަ އެކަމަށް މަރުބަބާ ކިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދޮންފަނުއަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނުވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ވެސް ފުއްދައިދެއްވާނެކަމަށެވެ.

ކޮންމެ ރަށަކަށް ވަޑައިގެން ވެސް ރައީސް މުއިއްޒު އެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލު ކުރައްވަ އެވެ. އަދި ރަށަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި މަޝްވަރާ ކުރައްވަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފޮންފަނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް ގެންދާއިރު އެ މަޝްރޫއު ނިމުމާއި އެކު މަގު ހެދުމުގެ މަސައްކަތް ފެށޭނެކަމަށެވެ. ބައެއް ރަށްތަކުގެ ރައްޔިތުން ބޭނުން ވަނީ، ރަށުގެ ރީތިކަން އޮންނާނެ ގޮތެއްގެ މަތީން ތަރައްގީ ގެނައުމަށްކަމަށް ވާތީ އެކަމަށް މަރުހަބާ ކިޔާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުގައި، އެ ރަށެއްގެ ސިފަ ގެއްލޭ ގޮތަށް މަގުތަކުގައި ތާރު އަޅައި ގާ އެތުރުމަށް ރައްޔިތުން ބޭނުމެއް ނުވެ އެވެ. އަދި އެ ރައްޔިތުންގެ ހުށަހެޅުމަކީ މަގުތަކުން ރަނގަޅަށް ފެން ހިނދޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި އެކު ރަނގަޅަށް މަގު ލެވެލްކޮށް ފަސް އަޅައި ރީތި ކުރުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު ވައުދުވެފައި އޮންނާނެ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކޮންމެވެސް މިންވަރަކަށް އެންމެ ކުދިރަށްތަކުގައި ވެސް މަދުވެގެން.. އެއް މަގު ނަމަވެސް އަދި މައި މަގުތައްކަމުގައި ވިޔަސް އެ ރަށުގެ ރައްޔިތުން ބޭނުންވާ ސްކޯޕެއްގައި އަޅުގަނޑުމެން ހަދާނަމޭ، އެއީ ބައެއް ރަށްތަކުގެ ރައްޔިތުން ބޭނުން ވަނީ.. ލޯކަލް ޓުރިޒަމް ކުރިއަށް ދާ ރަށްރަށުގައި ބޭނުމެއް ނުވޭ ތާރު އަޅާކަށް.. އަދި ގާ އަތުރާކަށް ވެސް.. އަޅުގަނޑު ވެސް ބޮޑަށް މަރުހަބާ ކިޔަނީ.. އަދި ހިތްވަރު ދެނީ ވީހާވެސް ސޮފްޓް ފިނިޝިންއެއް އޮންނަން. ރަށުގެ ރީތިކަން އޭރުން ދެމެހެއްޓޭނީ.. ރީތިކޮށް ފެން ހިނދޭ ގޮތަށް.. ބޭނުންވާ ކޮންސެޕްޓުގައި ކުރިޔަށް ދިއުމަކީ އަޅުގަނޑު ވެސް ވަރަށް ހިތްވަރު ދޭ ގޮތެއް.. އެހެންވީމަ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރިޔަށް ގެންދާނީ..

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް، އެ ސްކޯޕްގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އެހެން ނަމަވެސް ރަށްތަކުގެ ރައްޔިތުންގެ ވިސްނުން ތަފާތުވުމާއި އެކު، އެކަމާއި މެދު މަޝްވަރާ ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަގުތައް ރީތިކޮށް ހަދައި، ލެވެލް ކުރުމަކީ ރައްޔިތުން އެދޭނަމަ އެމަނިކުފާނު ވެސް ތަރުހީބު ދެއްވާ ގޮތެވެ. އަދި ފެން ހިނދޭ ގޮތަށް، އެ ކޮމްސެޕްޓުގައި ކުރިޔަށް ދިއުމަށް އެމަނިކުފާނު މަރުހަބާ ކިޔާކަމަށް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ގޮތަށް، އެ ސްކޯޕްގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ އެމަނިކުފާނުގެ ވައުދެކެވެ. އެހެންނަމަވެސް، ރަށްތަކުގެ ރައްޔިތުންގެ ވިސްނުން ތަފާތުވުމާއެކު، އެކަމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: