ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށް އަރައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓް ކަމުގައިވާ ޗައިނާއިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށް ވުރެ އިތުރުވެއްޖެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހާމަކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ އޮގަސްޓު 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ އަދަދު ވަނީ 1,374,699 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 208,069 ފަތުރުވެރިންނާއެކު، އެ ޤައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ޝެއަރގެ 15.1 އިންސައްތަ ހިއްސާކުރާ ޤައުމެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެ ޤައުމުން 163,060 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 126,906 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތުންނެވެ.

ފަތުރުވެރިން އެންމެ ގިނައިން ހިޔާރުކުރަނީ ރިސޯޓުތައް ކަމަށްވާއިރު، އޮގަސްޓު 7 ގެ ނިޔަލަށް 1,008,081 ފަތުރުވެރިން ވަނީ ރިސޯޓުތަކުގައި މަޑުކޮށްފައެވެ. މިއީ ޖުމުލަ މާކެޓް ޝެއަރގެ 68 އިންސައްތައެވެ. އަދި 300,763 ފަތުރުވެރިން ގެސްޓްހައުސްތައް ހިޔާރުކޮށްފައިވާއިރު، ސަފާރީ އުޅަނދުތަކުގައި މަޑުކޮށްފައިވަނީ 29,336 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން 2025 ވަނަ އަހަރަށް 2.3 މިލިއަން ފަތުރުވެރިންގެ އަމާޒެއް ކަނޑައަޅާފައިވާއިރު، މިހާތަނަށް ފެންނަމުންދާ ކުރިއެރުންތަކަށް ބަލާއިރު މި އަމާޒަށް ވާސިލުވުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: