ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލާއި ދެކޮޅަށް ގުޅިގެން ބަޔާން ނެރުނު ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނޭ!

ރައީސް މުއިއްޒު އާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާއަކީ އިސްރާއީލުގެ ބިމުން ބައެއްކަމަށް ސިފަކޮށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދެއްކި ވާހަކަތައް ކުށްވެރިކޮށް ރާއްޖެ ހިމެނޭހެން 31 އިސްލާމީ ގައުމަކުން ގުޅިގެން ބަޔާނެއް ނެރިފިއެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އާންމުކޮށްފައިވާ ބަޔާނުގައިވާގޮތުން އިސްރާއީލުގެ އަމަލުތަށް ކުށްވެރިކޮށް ބަޔާނެއް ނެރުމުގައި ޝާމިލުވި 31 ގައުމުގެ ތެރޭގައި އިސްލާމީ ގައުމުތަކާއި އަރަބި ގައުމުތަކުގެ އިތުރުން ޖަމިއްޔާތައްވެސް ހިމެނެއެވެ. މި މަސައްކަތްތަކުގައި އެކި ގައުމުތަކުގެ ފަރާތުން އިސްވެ ތިއްބެވީ ފޮރިން މިނިސްޓަރުންކަން ފާހަގަކުރެވެއެވެ.

ރާއްޖެ ހިމެނޭހެން ބަޔާން ނެރުނު ގައުމުތަކުންވަނީ ގްރޭޓާރ އިސްރާއީލެއް އޮތްކަމަށް ބުނެ ނެތަންޔާހޫ ދެއްކި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި ބުނެފައިވާ އިހުތިރާމެއް ނެތްކަން އަންގުވައިދޭ ނުރައްކާތެރި ވާހަކަތަކެއްކަމަށާއި އެ ވާހަކަތަކަކީ އަރަބިންގެ ގައުމީ ސަލާމަތަށާއި ސިޔާދަތައްވެސް ނުރައްކާތައް ކުރިމަތިކުރުވާ ސަރަހައްދީ އަމާންކަން ގެއްލިގެންދިއުމުގެ ފުރުސަތު ހުޅުވާލާ ވާހަކަތަކެއް ކަމަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އދއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތައް ބަލައިގަންނަކަމަށް އިޝާރާތްކޮށް ނެރިފައިވާ ބާޔަނުގައި އެ ގައުމުތަކުންވަނީ އިސްރާއީލުގެ ދިފާއީ ވަޒީރު ބެޒަލެލް ސްމޮޓްރިކްއަކީ ހަރުކަށި ފިކުރެއް ގެންގުޅޭ މީހެއްކަމަށް ބުނެފައެވެ. އަދި އޭނާވަނީ ފަލަސްތީނުގެ ސަރަހައްދީ މިނިވަންކަން ގެއްލިގެންދާނެ ރޭވުމެއް ތަންފީޒުކުރުމަށް އެއްބަސްވާކަމުގެ އިޝާރާތްތަކެއް ކޮށްފައިކަމަށާއި އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ސީދާ ހިލާފުވުންކަމަށްވެސް ބުނެފައިވެއެވެ. އެކަމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ބަޔާން ނެރުމުގައި ޝާމިލުވި ގައުމުތަކުންވަނީ އިސްރާއީލުގެ ވިސްނުމަށް ދެކޮޅުވެރިކަން އޮތްކަން ހާމަކޮށްފައެވެ. އަދި އިސްރާއީލުން ހިންގާ ގާނޫނާއި ހިލާފު ޖަރީމާތަކަށްވެސް ދެކޮޅުކަން ފާހަގަކޮށްފައިވެއެވެ. އައިސީޖޭއިން ނެރިފައިވާ ލަފާއަށް އިޝާރާތްކޮށް ބަޔާން ނެރުމުގައި ޝާމިލުވި ގައުމުތަކުންވަނީ ވަގުތުން ވަގުތަށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާފައެވެ. އަދި ދަތިކުރުން ފަދަ އަމަލުތައްވެސް ހުއްޓާލައި އެ ގައުމަށް ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމަށްވެސް ގޮވާލާފައިވެއެވެ.

ދިވެހިންގެ ޝާމިލުވުމާއިއެކު އާންމުކޮށްފައިވާ ބަޔާނުގައި ގައުމުތަކުންވަނީ ބައިނަލްއަގުވާމީ މުޖުތަމައަށާއި އދގެ ސަލާމަތީ ކޮމިޓީގެ އިތުރުން އެމެރިކާއަށްވެސް ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ގެނައުމުގައި ޒިންމާތައް އަދާކުރުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުތައް ލިބިގަތުމުގެ މަގު ފަހިކުރުމަށާއި މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ފަހިކުރުމަށްވެސް ގޮވާލާފައިވާއިރު ކުށްތަކަށް އަރައިގެނެ ޖަރީމާތައް ހިންގާފައިވާ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމުކުރުމަށްވެސް ގޮވާލާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: