ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީ ހުރި ބޭނުން ނުކުރާ އުޅަނދުތައް ޓޯކުރަނީ!

މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާކަމަށް ފާހަގަކުރެވޭ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.

މި މަސައްކަތަކީ މާލޭގެ މަގުތަކުގައި އާންމުންނަށް ލުއިފަސޭހަކަމާއެކު އުޅެވޭނެ މަގު ފަހިކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއްކަމަށް ފުލުހުން ބުނެއެވެ. މިގޮތުން އާންމުންނަށް ދަތިވާގޮތަށް ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ ފުލުހުންގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ.

ފުލުހުން މިހާތަނަށް ނަގާފައިވާ އުޅަނދުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ސައިކަލުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތަކަކީ އެންމެންނަށްވެސް ރައްކައުތެރިކަމާއެކު އުޅެވޭނެ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ނުގަވާއިދުން ޕާކުކޮށްފައިވާ އުޅަނދުތައްވެސް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދެއެވެ. ޚާއްޞަކޮށް މަޖީދީމަގުގައި ގިނަ އަދަދެއްގެ އުޅަނދުތައް ޕާކުކުރަމުން ދިއުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ބޮޑެތި ދަތިތަކަށް މިހާރު ވަނީ ހައްލުތަކެއް ލިބިފައެވެ.

މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ މަގުތަކުގައި ދިމާވަމުންދިޔަ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: