ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭގެ އާ ކާގޯ ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު 230.6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު ޖުމްލަ 5 އެއާލައިނަކުން 1686 ޓަނުގެ ކާގޯ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 3 އެއާލައިނަކުން އެތެރެކުރި 510 ޓަނުގެ ކާގޯއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ ކާގޯ އުފުލާ ވައިޑް ބޮޑީ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވުމުގެ ސަބަބުންކަމަށް އެމްއޭސީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކާގޯ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެމްއޭސީއެލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މިހާރު ޝެޑިއުލްކޮށްގެން މުދާ އުފުލާ އެއަރލައިންތަކާއެކު މަސައްކަތްކޮށް ދަތުރުތަކުގެ އަދަދު އިތުރުކުރުމާއި، އިތުރު ރޫޓުތައް ތަޢާރަފުކުރުން ހިމެނެއެވެ. އަދި ކާގޯގެ ޚިދުމަތް އަލަށް ފެށުމަށް ބޭނުންވާ އެއަރލައިންތަކާއެކުވެސް މަޝްވަރާތައް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން، ޚިދުމަތުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އިންފްރާސްޓްރަކްޗަރާއި މުދާ ގެންގުޅުމުގެ ވަސީލަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތަކެއްވެސް އެމްއޭސީއެލްއިން ދަނީ ކުރަމުންނެވެ. އަދި މުދާ އުފުލާ އެއަރލައިންތަކަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްވެސް އިސްކަމެއް ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: