ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތާ ގުޅޭ ބިލެއް ސަރުކާރުން ހުށަހެޅުމުން ދޭހަވަނީ އިޚުލާސްތެރިކަމާއި ތެދުވެރި ނިޔަތް: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދޭހަވަނީ މި ސަރުކާރުގެ އިޚުލާސްތެރިކަމާއި ތެދުވެރި ނިޔަތްކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސްނީ ވިދާޅުވީ، ޤާނޫނުއަސާސީގައިވެސް އިސްލާމް ދީނަށް މުހިއްމު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށާއި، ރާއްޖޭގެ ޤާނޫނުތަކުގެ އަސާސަކީވެސް އިސްލާމީ ޝަރިއާ ކަމަށެވެ. ވީއިރު ޒަކާތުގެ ކަންކަން ހަރުދަނާ ކުރުން ފަދަ މުހިއްމު މަޤްސަދެއް ޙާސިލު ކުރުމަށް ޤާނޫނެއް ހުށަހެޅިގެން ދިއުމަކީ މިހާރުވެސް ލަސްވެފައިވާ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ޒަކާތު ފަންޑަށްވެސް އަހަރަކު 100 މިލިއަން ރުފިޔާ ލިބޭ ކަމަށާއި، އެހެންކަމުން މި ފަންޑުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް ޤާނޫނެއްގެ ބޭނުންތެރިކަން މުހިއްމު ކަމަށެވެ.

އެހެންކަމުން މިފަދަ ބިލެއް ސަރުކާރުން ހުށަހެޅުމުން އެނގިގެންދަނީ ސަރުކާރުގެ އިޚުލާސްތެރިކަމާއި ތެދުވެރި ނިޔަތްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޤާނޫނުގައި އެކަށީގެންވާ އުސޫލުތަކެއް ނެތްނަމަ ނިޒާމުގެ ނަހަމަ ބޭނުން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަޅުގަނޑުމެން މި ދައްކަނީ އަހަރަކު 100 މިލިއަން ރުފިޔާ ލިބިގެންދާ ފަންޑެއްގެ ވާހަކަ، ޤާނޫނެއްގައި ހަރުދަނާ އުސޫލުތަކެއް ލިޔެވިފައި ނެތްކަމުގައިވާނަމަ އަބަދުވެސް ފެންނަ ގޮތަކަށް އެ އުސޫލުތަކެއް ހަދައިގެން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ،

ހުސްނީ ވިދާޅުވީ، މި ބިލަށް ބަލާއިރު ޒަކާތާ ގުޅޭ މުހިއްމު ކަންކަން އިސްލާމީ ޝަރިއާއާ ޙަވާލާދީ ބަޔާންކޮށްފައިވާ ކަމަށާއި، ޒަކާތު ފަންޑު މެނޭޖްކޮށް، އިންވެސްޓު ކުރެވޭނެ ދާއިރާތައްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި ކަންކަމުން ކަށަވަރު ކުރެވިގެންދަނީ ޒަކާތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ބިލުން އަހަންމިއްޔަތުކަން ދީފައިވާ މިންވަރުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަކާތް ދައްކާ މިންވަރުވެސް އަހަރުން އަހަރަށް އިތުރުވަމުންދާކަން މެމްބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: