ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި، ޕީޖީ އާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަން، ބައްދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނާއި، ކޮމިޝަނަރ އޮފް ޕޮލިސް އާއި ޕްރޮސިކިއުޓރަ ޖެނެރަލް ބައްދަލުކުރައްވައި ރިޟްވާނުގެ މަރުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

  އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ރިޟްވާނުގެ މަރާ ގުޅޭގޮތުން ކޮމިޝަނުން ކުރެއްވި ތަޙްޤީޤާ ހަވާލާދީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.

މީގެ އިތުރުން މިރޭގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި މަރުތަކާބެހޭ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ކޮމިޝަންގެ ދެވަނަ ޑްރާފްޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

ރިޟްވާން މަރާލާފައިވާ ކަން މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކުރީ މިދިޔަ ހަފްތާތެރޭގައިއެވެ.

މި މައްސަލައިގައި މިހާތަނަށް 15 ފަރާތެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: