ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މަރާގެ މައްސަލައިގައި ރައީސް ނަޝީދުގެ އެތައް ތުހުމަތެއް ފުލުހުންނަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވި ޕްރެސް ކޮންފަރެންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ ރިޟްވާން މަރާލި މައްސަލައިގައި އެންމެ ފުރަތަމަ ޖަވާބުދާރީ ކުރުވަންވީ ފުލުހުން ކަމަށް ރައޔްިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ އެ މައްސަލައިގައި ޝާމިލްވާ ފުލުހުން އަދިވެސް އެ އިދާރާގައި ތިބިކަމަށް ހާމަކުރައްވާފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންވީ މިހާރު ވެސް މަސައްކަތް ކުރަމުންދާ 5 ފަރާތެއްގެ ނަން ތަފްސީލްކޮށް ހާމަކުރައްވާފައެވެ. 

ކުރީގެ ނައިބު ރައީސް އަދީބާއި އެކު އެ ފަރާތްތަކުން މަސައްކަތް ކުރި ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. ރައީސް ނަޝީދު މި މައުލޫމާތުތައް ހާމަކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަމަށް ތައުރީފް ކުރާ އިރު، މިކަމުގެ ސަބަބުން ކޯޓް މަރުހަލާގައި މައްސަލަ ސާބިތުކުރަން ދަތިތައް ދިމާވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ހަމައެހެންމެ ރައީސް ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: