ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްދޫ އެކްސިޑެންޓު؛ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް!

ލ. ކައްދޫގައި ހިނގި އެކްސިޑެން މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި މީހާ/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ކައްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، މައްސަލައިގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާގައި އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެފައިވާއިރު، ފުލުހުން ހައްޔަރުކޮށްފައި ވަނީ ލ. ކައްދޫ/ ހޯރަވިލާ، މުހައްމަދު ނައުސާން (37 އ.) އެވެ.

”ސަންގު“ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ނައުސާންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާކަމަށެވެ. އެއީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިންމީހާ އެވެ.

ރޭ 07:30 ހާއިރު މި އެކްސިޑެންޓު ހިނގާފައި ވަނީ އެ ވަގުތު ކަފިހިހުރަސް މަތީން ހިނގާފައި ދިޔަ 64 އަހަރުގެ މީހަކާއި، އޭނާގެ މާމަ ދަރިފުޅު ގައިގަ ސައިކަލުން ޖެހިގެންނެވެ.

އެކްސިޑެންޓުގައި ލ. މާވަށު/ އެތުމާ، މަރިޔަމް މޫސާ ނިޔާވީ ހާދިސާގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަނެކާއަށް ބެލުމެއް ނެތި ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން މިފަހުން ހިތާމަވެރި ގިނަ ހާދިސާތައް ވަނީ ހިނގާފަ އެވެ.

މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، މީހުންގެ ފުރާނައަށް ބެލުމެއް ނެތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްކަމަށް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. މި ބިލު ހުށަހަޅާފައި ވަނީ މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: