ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އާއި މަކިޓާއަށް ކާމިޔާބު 25 އަހަރާއިއެކު ހާއްސަ ޕްރޮމޯޝަނެއް!

މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕް އަށް ކާމިޔާބު 25 އަހަރު ފުރުން --- ފޮޓޯ | އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕް އަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބާ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމައިފިއެވެ.

1915 ވަނަ އަހަރު ޖަޕާނުގައި ތަޢާރަފް ކުރެވިގެންދިޔަ މަކިޓާ ބްރޭންޑުގެ ޕަވަރ ޓޫލް ތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑެކެވެ. މަކީޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރި އަރަމުން ދިއުމާއި އެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. މި ޕަރޓްނަރޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދު ނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލް ތަކެއް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.

މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕް އަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބަތް ވަރަށް ކުލަ ގަދަކޮށް ފާހަނގަ ކުރުމަށް އެސްޓީއޯއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް އެސްޓީއޯއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް، މި މުނާސަބަތާއި ގުޅިގެން، ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން މަކިޓާގެ ޕްރޮޑަކްޓްތައް ބައްލަވައިގަނެގެން 25 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ދިގު ޕާރޓްނަރޝިޕް ފާހަނގަ ކުރުމުގެ ގޮތުން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަންސުން ކުރިއަށް ގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 17 އޮގަސްޓް 2025 ން ފެށިގެން 30 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައއި އެސްޓޯއޯ ކޮންސްޓްރަކްޝަންސުން ވިއްކާ މަކިޓާގެ ގިނަ ޕަވަރ ޓޫލް ތަކަކުން 25 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމަގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: