ޕާކިސްތާނުގެ ދެކުނާޢި، ހުޅަނގު އުތުރު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން، އެ ގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގައި މިދުވަސްވަރު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން، އެ ގައުމުގެ ރައްޔިތުންގެ މަރުވުމާއި، ލިބުނު ބޮޑެތި ގެއްލުންތައް ލިބުމުން، އެ މަނިކުފާނު ވަރަށް ބޮޑަށް ހިތާކުރާކަމަށެވެ.
ރައީސް ވިދާޅުވީ، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި، ލިބުނު ގެއްލުންތަކަށް، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ތައުޒިޔާ އަރިސްކުރައްވާކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޕާކިސްތާނަށް ދިމާވި، މި ދަތި ދަނޑިވަޅުގައި، ދިވެހި ރާއްޖެ ވަނީ، ޕާކިސްތާނުގެ ސަރުކާރާއި، އެ ގައުމުގެ އަހުވަންތައް ރައްޔިތުންނާއިއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

