ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަންތަކަށް އޮންނަ އިތުބާރު ކަށަވަރު ކުރުމަށްޓަކައި ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހޭ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކޮމިޝަންތަކަކީ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ތަންތަންކަމަށްވާއިރު، އެ މުއައްސަސާތަކަށް މެމްބަރުން އައްޔަނު ކުރުމުގައި ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޒިޔާދު އެފަދައިން ވިދާޅުވީ ހިއުމަންރައިޓްސް ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރެއްވުމަށްޓަކައި ރައީސް ފޮނުއްވަވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

މެމްބަރު ޒިޔާދު ވިދާޅުވީ، ދައުލަތުގެ އެކިއެކި ކޮމިޝަންތަކަށް މީހުން އައްޔަނުކުރާއިރު އެންމެ އެކަށީގެންވާ މީހުން މަޤާމުތަކަށް ނުނެގޭކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށެވެ. އެގޮތުން ގިނަ ފަހަރު މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަން ނުހޮވުމުގެ ފުރުސަތު އޮންނަ އޮތުމަކީ އޭނާގެ ކަންބޮޑުވުމެއްކަމަށް ޒިޔާދު ވިދާޅުވިއެވެ.

އަޅުގަނޑު ކަންބޮޑުވާ ކަމަކީ މިފަދަ މުހިއްމު ކަންކަމުގައިވެސް އެ ބޭނުންވާ އަދަދަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަން ފޮނުވީމައި އޭގެ ތެރެއިން މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަން ނުނެގުމުގެ ފުރުސަތު ގިނަފަހަރު އޮންނާތީ.

ޒިޔާދު ވިދާޅުވީ، ރައީސް އޮފީހުން ނުވަތަ ބަލަންޖެހޭ ފަރާތްތަކުން ބެލުމަށްފަހު ނަންތަކެއް ފޮނުވި ނަމަވެސް، ކޮމިޓީ މަރުޙަލާ އަދި އިންޓަވިއު މަރުޙަލާއާ ހިސާބަށްދާއިރު މިހާރަށްވުރެ ގިނަ އަދަދަކަށް ކެނޑިޑޭޓުން އިންޓަވިއު ކުރެވޭނެ ގޮތެއް ހަދަން ޖެހޭކަމަށެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކަކީ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ތަންތަންކަން ފާހަގަ ކުރައްވައި މެމްބަރު ޒިޔާދު ވިދާޅުވީ، ކޮމިޝަންތަކަށް މީހުން އައްޔަނުކުރާއިރު އެންމެ ޤާބިލު މީހުން އައްޔަނު ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައިވެސް އެފަދަ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

ޒިޔާދު ވަނީ ޖުމުލަކޮށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުވާފައިވާ ރިޕޯޓަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: