ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ނިއުސް އޭޖެންސީއާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް މީޑިއާތަކަށް ފުރުސަތު ލިބިގެންދާނެ: މިނިސްޓަރ އަސްވާޑް

ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު އަސްވާޑް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ނިއުސް އޭޖެންސީއާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް މީޑިއާތަކަށް ފުރުސަތު ލިބިގެންދާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު އަސްވާޑް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ޒުވާނުން މީޑިއާގެ ދާއިރާއިން ތަމްރީންކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ބީމް ޓްރެއިނިންގ އިނިޝިއޭޓިވް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މީޑިއާއެއް ފަށައި ކުރިއަށް ގެންދިއުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.

މިގޮތުން މަދު މުވައްޒަފުންނާއެކު ކުޑަ އާމްދަނީއެއްގައި މީޑިއާއެއް ހިންގަންޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމުގައި ކުރިމަތިވާ ހުރަސްތަކަކީ މީޑިއާތައް ކުރިނާރާ މައިގަނޑު އެއް ސަބަބު ކަމަށެވެ.

އެހެންކަމުން ޤައުމީ ނިއުސް އޭޖެންސީގެ އެހީތެރިކަން ލިބެން ފެށުމުން، މަދު މުވައްޒަފުންނާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް އަލަށް ގާއިމްކުރެވޭ މީޑިއާތަކަށް ވެސް ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި މީޑިއާގެ ފަރާތްތައް ތަމްރީންކުރުމަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި މަސައްކަތް ކުރިއަށްގެންދިޔައީ ބޮޑަށް އިންޓާނަލް ކަމެއްގެ ގޮތުގައި ކަމަށާއި އެހެންނަމަވެސް ރައީސްގެ އިސްނެންގެވުމާއި އެމަނިކުފާނުގެ ދުރުވިސްނުމާއިއެކު މިހާރު ކުރިއަށްމިގެންދަނީ މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ވިސްނުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީގެ ފަރާތުން ޕީއެސްއެމްއާއެކު ތަފާތު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި މި މަޝްވަރާތަކުން ޒުވާނުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން މިފަދަ ފުރުސަތުތަކަށް ބޭނުންވެފައި ތިބި މިންވަރު އެނގިގެންދިޔަ ކަމަށެވެ.

”މާލީ އެކި ގޮންޖެހުންތަކާއި އަދި އޮފީހުގެ މަސައްކަތުގެ މާހައުލާ ވަގުތުތައް ހުންނަ ގޮތުން ބައިވެރިވާން ބޭނުންވި ކަމުގައި ވިޔަސް ހުރިހާ ޕްރޮގުރާމެއްގައި، ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭ، އެކަން އެއީ ދައުލަތެއް އޮންނަހާހިނދަކު ހައްލުކުރަން ޖެހޭ ކަންތައްތަކެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން، އެސަބަބަށްޓަކައި އަޅުގަނޑުމެން ޔޫތު މިނިސްޓްރީގެ ފަރާތުން ނިންމީ މިކަމުގައި ބައިވެރިވާ ފަރާތްތަކަށ ދިމާވާ ދަތިތައް ނައްތާލާ މިޕްރޮގުރާމުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ޕްރޮގުރާމެއްގޮތުގައި ދެމިގޮތުން“ މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: