ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ނޭޝަން އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ މޮބައިލް ލެޖެންޑުން އެމްއޭސީއެލް އެއްވަނައަށް!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ނޭޝަން އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ކުރިއަށް ގެންދާ މޯބައިލް ލެޖެންޑު، ބޭންގު ބޭންގު (އެމްއެލްބީބީ) މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯދައިފިއެވެ.

އުރީދޫ ނޭޝަންއިން މި އަހަރުގައި ބޭއްވި، އެމްއެލްބީބީ މުބާރާތުގައި އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕުގައި، ފަސް ކުންފުންޏަކުން ނުވަ ޓީމު ބައިވެރިވެފަައި ވެއެވެ.

އެގޮތުން، އެ އެ މުބާރާތުން ފަސް ކުންފުންޏަކާއި ވާދަކޮށް، އެމްއޭސީއެލްއިން ވަނީ އެއް ވަނަ ހޯދައިފައެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، އެމްއޭސީއެލްއަކީ، އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުނިކަމަށާއި، ރާއްޖޭގެ އެކި ކުންފުނިތަކުގެ މެދުގައި އެކުވެރިކަން އުފެއްދުމަށް ބާއްވާ، މިފަދަ މުބާރާތްތަކުގައި، އެމްއޭސީއެލްގެ މުވައްޒަފުން، ބައިވެރިވެ، ވާދަކޮށް ރަންވަނަތައް ހޯދުމަށް، އެމްއޭސީއެލްއިން އަބަދުވެސް ހިތްވަރުދޭ ކަމަށެވެ.

އުރީދޫ ނޭޝަންސްއިން މި އަހަރު ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕަކީ، މި ޗެމްޕިއަންޝިޕު ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން، އުރީދޫ ނޭޝަން އިން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓިމުތައް އެއްތަނަކަށް އެއްވެ، އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި، ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: