ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭ ލެވެލްއަށް ކިޔަވަން ގިނަ ކުދިންނަށް ފުރުސަތު ފަހި ކުރުމަށް އުސޫލު އިސްލާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމަށް ގްރޭޑް 11، 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލަރގައި ވަނީ އޭލެވެލް އަށް ވަދެވޭނެ ތިން ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން އެކެޑެމިކްސް ސްޓްރީމާއި، ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ. އެ ތިން ގޮތަށް ކިޔެވުމުގައިވެސް ވަނީ ޝަރުތުތަކެއް ކަނޑައަޅާފައެވެ.

  1. އެކެޑެމިކް ސްޓްރީމްތަކަށް ބަލާއިރު:
  • އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ ފާހާ އެކު އެހެން ދެ މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މާއްދާ އިން ސީ ލިބުން.

  • އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ލިބިފައިވުމާ އެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައި ވުން

  • އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާ އެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުން.

  • އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައި ވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުން.

  • އޯ ލެވެލްގައި ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވުން.

  • އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވުން.

2. އެޕްރެންޓިޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް:

  • ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން ”ފާސް“ ލިބިފައި ވުން

  • އޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން.

އޭގެ ތެރެއިން އައިސީޕީގެ ދަށުން ކިޔެވުން ފުރިހަމަ ކުރާ ކުދިންގެ ތެރެއިން އެކަޑަމިކް ސްޓްރީމްތަކާއި ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީން ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ އޭ ލެވެލް ކިޔަވަން ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ އާއި އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ކަމަށާއި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައި ނުވާ ކުދިންނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: