ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާންގެ މައްސަލައިގައި އިހްމާލުވާ މީހުންނަށް ފިޔަވަޅު އަޅާނެ: މިނިސްޓަރ އިމްރާން

ފޮޓޯ:އަވަސް... މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު އަބްދުﷲ މަރާލި މައްސަލައިގަ، ކުރަންޖެހެ ހުރިހާ ތަހްގީގުތަކެއް ކުރުމަށްފަހު، އެމައްސަލައިގެ ފަހަތުގައިވާ މީހުންނާއި ދޭތެރޭ އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކަމާއި ބެހޭ އިދާރާތައް މެދުވެރިކުރަްވައިގެން އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓުުވީޓެެއްގައި ވިދާޅުވީ، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލަ ތަހްގީގު ކުރާނީ ރައީސްް ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުުން ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ، ރިޟްވާނު މަރާލި މައްސަލައާއި ގުޅިގެން ފުލުހުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް އެބަ އޮތް ކަމަށެވެ.

އިމްރާން މިގޮތަށް ވިދާޅުވީ، ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހަކު ހައްޔަރު ކުރަން ބޭނުންވާ މިންވަރަށް ހެކި ނެތް ކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން މައުލޫމާރު ދީފައިވާކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: