ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ. މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއަށް ހަވާލުކޮށްފި!

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އއ. މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް ބޭވުނެއެވެ.

މި މަޝްރޫއު ހަވާލުކުރެވުނީ، އާރްޑީސީއަށެވެ. އެގޮތުން، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަބްދުﷲ މުއްތަލިބުއެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސީމުއެވެ.

މި މަޝްރޫއުގެ އަގާއި، މަޝްރޫއު ނިންމާލުމަށް، އާރްޑީސީއަށް ދެވިފައިވާ މުއްދަތަކީ،

  • އަގު: 53،829،771.26 ރުފިޔާ
  • މަސައްކަތް އެވޯޑްކުރާ މުއްދަތު: 730 ދުވަސް

ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރެވިގެންދިޔުމަކީ، އެ ރަށްރަށުގެ ރައްޔިތުންނަށް، ރައްކާތެރިކަމާއިއެކު، މަގުމަތީގެ އުޅަނދުތައް ދުއްވާ ހެދުމަށް މަގުފަހިކޮށްދޭނެކަމެކެވެ. މީގެއިތުރުން، އެ ރަށްރަށުގެ ވިޔަފާރިތަކުން، އެއް ތަނުން އަނެއް ތަނަށް މުދާ ގެންދިޔުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މީގެ ކުރިން އެ ރަށްރަށުގެ މަގުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މަގުފަހިކޮށްދޭނެއެވެ. އެހެންކަމުން، މިއީ، އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: