ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ކުރި އިޢުލާންތައް ބާޠިލުކުރައްވައި، އަލުން ފުރުޞަތު ހުޅުވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މީގެ ކުރިން 3 ފަހަރެއްގެ މަތީން، ކުރައްވާފައިވާ އިޢުލާންތައް ބާޠިލުކުރައްވައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.

ބާޠިލުކުރައްވާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައި 15 ޖުލައި 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާފައިވާ ނަންބަރު 1/2025/67/ޕީ.އޭ.އޯ-1 (އައި.ޔޫ.އެލް) އިޢުލާނާއި، 4 އޮގަސްޓު 2025 ގައި ކުރައްވާފައިވާ ނަންބަރު 1/2025/78/ޕީ.އޭ.އޯ-1 (އައި.ޔޫ.އެލް) އިޢުލާނު އަދި 20 އޮގަސްޓު 2025 ގައި ކުރައްވާފައިވާ ނަންބަރު 1/2025/84/ޕީ.އޭ.އޯ-1 (އައި.ޔޫ.އެލް) އިޢުލާނެވެ.

މި އިޢުލާންތައް ބާޠިލުކުރެއްވުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ 2 (ދޭއް) މަގާމަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 8 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު ވަނީ އަލުން ހުޅުވާލައްވާފައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ 2 (ދޭއް) މަގާމުގެ ތެރެއިން 1 (އެކެއް) މަގާމަކީ އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމެވެ.

މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅޭ ފޯމުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: