ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންނަށް ފާޑުކިޔުމުން ޝުޖާއު ރައީސް ޔާމީނަށް ރައްދުދެއްވައިފި

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެމްބަރުނަކީ ނަފްސުގެ އިއްޒަތް ވިއްކާލާފައިވާ ބައެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ރައްދުކޮށް ރައީސް ޔާމީން ފާޑުވިދާޅުވުމާއި ގުޅިގެން ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ޕީއެންސީގެ މެމްބަރުންގެ ނަފްސުގެ އިއްޒަތާއި އިތުބާރާއި ކަރާމާތްތެރިކަން ނޫނީ ޝަރަފަކީ ރައީސް ޔާމީން ދެއްވާ އެއްޗަކަށްވާނަމަ އޭގެ އެއްވެސް ކަމެއް ބޭނުން ނުވާކަމަށެވެ. އަދި ޕީއެންސީގެ ޕީޖީ ގުރޫޕުގެ އެއްވެސް ބޭފުޅަކުވެސް ބޭނުން ނުވާނެކަމަށް އިޝާރާތްކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސިފައިން ލައްވާ މަޖިލީހުގެ ގޯތި ފާރުމަތިން ނަގާ ހޫރުވާލި ވެރިއަކަށް އެ މުއައްސަސާގެ ކަރާމާތެއް އެނގިވަޑައިނުގަންނަވާނެކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ ރައީސް ޔާމީންގެ ތާއީދާއިއެކު އިންތިހާބުވެފައިވާ މެމްބަރުން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތަށް ބޯނުލަބާ ބައެއް ނަމަ އެއީ މުޑުދާރު ބައެއްކަމަށް ސިފަކުރެއްވުމަކީ އެމަނިކުފާނު ހިންގަވާފައިވާ އެދެވޭ އަމަލެއް ނޫންކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: