ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހު ރައީސް ޔާމީންއަށް: ދަޢުލަތުން ވަގަށް ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެކަމަށް ހީނުކުރައްވާ

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ދަޢުލަތުން ވަގަށް ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެކަމަށް ހީނުކުރެއްވުމަށް ޕީއެންސީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ގޮވާލައްވައިފިއެވެ.

ރޭ ރައީސް ޔާމީން އުފެއްދެވި ޕީޕަލް ނެޝަނަލް ފްރޮންޓް އިން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީއެންސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނަފްސުގެ އިއްޒަތެއް، އިތުބާރެއް، ކަރާމާތެއް ޝަރަފެއް ނެތްކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ ފަލާހު ވިދާޅުވީ ރޭގެ ޖަލްސާއަށް 200 މީހުން ގެންދިޔައީ ދަޢުލަތުން ވަގަށްނަގާފައިވާ ފައިސާއިން ބޮލަކަށް 1200 ރުފިޔާ ދީގެންކަމަށެވެ. އެހެން ނަމަވެސް ދެ ބައި ކުޅަ އެއްބައި ތިބީ ބިދޭސީއިންކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 18 ވަނަ މަޖިލީހުގައި މެމްބަރުންނާއި މެދު ކަންތަށްކުރިގޮތް ހަދާން ނެތީތޯ ފަލާހު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޕީޕީއެމްގެ 12 މެމްބަރުން ތިން އަހަރު މަގުމަތީ ގަނަތެޅުވިކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ޔަމީންއަށްވުރެ ބޮޑަށް މެމްބަރުން ނިކަމެތިކުރި ވެރިއެއް ނެތްކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވަނީ މެމްބަރުންނަށް މަޖިލީހުގައި ފުރިހަމަމިނިވަންކަންމަތީ މަސައްކަތްކުރުމުގެ އިޚްތިޔާރުދެއްވާފައިކަމަށެވެ.

އަޅުގަނޑު ބެޓްކޮށްފަބުނަން 20ވަނަ މަޖިލީހުން އަލަށްމިފާސްކުރާ އަދި އިސްލާހް މިގެންނަ އެއްވެސް ޤާނޫނެއް ގޯސްވެގެން ކުރިއަށްއޮތް އެއްވެސް މަޖިލީހަކުން ބަދަލެއް ނުގެންނާނެ، ރައީސް މުޢިއްޒު މިޤަޢުމުގެ ރައްޔިތުންގެ ހެވާލާބައަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޔާމީނުފަދަ މިޤަޢުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަވެސް ބަދަލެއްނާނަނާނެ!

ފަލާހު ވިދާޅުވިއެވެ.

މި މަޖިލީހުގައި ގެންނަ އިސްލާހެއް އަލުން ބަދަލު ކުރަން ނުޖެހޭނެކަމަށް ފަލާޙު ވިދާޅުވިއެވެ. ރައީސް ޔާމީންއަކީ ގައުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރި ވެރިއެއްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، އެފަދަ މީހެއްގެ ވާހަކައިން އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. މިއާއި ހިލާފަށް ރައީސް މުއިއްޒަކީ ގައުމުގެ ލާބަޔަށް މަސައްކަތް ކުރައްވާ ވެރިއެއްކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: