ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަ ސިންގެ ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ނޫސްތަކުން ބުނާގޮތުން ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުކަމަށެވެ. މިއީ އެ ގައުމުގެ މާލިއްޔާތުގެ ނަހަަމަ ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އަދި އޭނާ ހައްޔަރުކުރުމާއިއެކު 2022 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ މާލިއްޔާތުން ފައިސާތަކެއް ބޭނުންކޮށްގެން އަނބިމީހާގެ ގްރެޖުއޭޝަނަށް އިނގިރޭސިވިލާތަށް ދަތުރުކުރިކަމަށް ބުނާ ރިޕޯޓުތަކުގެ ސައްހަކަމާއިމެދު ސުވާލު އުފެދިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ނޫސްތަކުން ޝާއިއުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން އެ ގައުމުގެ ފުލުހުންގެ މުއައްސަސާއިން ކޯޓަށް ހުށައަޅާފައިވާކަމަށް ބުނާ ލިޔެކިއުންތަކަށް ބަލާއިރު ކިއުބާ އަދި އެމެރިކާ ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ ރަސްމީ ދަތުރުފުޅެއް ދިގުދަންމާލައި އިނގިރޭސިވިލާތަށް ދަތުރުކުރެއްވުމަށް ނިންމެވީ ރަނިލްގެ އަމިއްލަ ބޭނުންފުޅެއްގައެވެ. އަދި އެ ދަތުރުގެ ތެރެއިން އެއްވެސް ރަސްމީ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިނުވާތީ އެ ދަތުރުގެ ރަސްމީ ހައިސިއްޔަތާއިމެދު ތަހުގީގީ މަސައްކަތްތައް ކުރާ ފަރާތްތަކުން ސުވާލު އުފައްދާކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ދަތުރުގެ ހަރަދު ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔާތުންކަމަށާއި އެ ގައުމުގެ ފައިސާއިން 16.9 މިލިއަން ހަރަދުކުރިކަމަށް ބުނެފައިވެއެވެ.

ރަނިލްގެ އޮފީހުންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ނޫސްތަކުން އާންމުކުރަމުންދާ މައުލޫމާތުތަކުގައި އޮޅުވާލުންތަކެއް ހުރިކަމަށްވެސް އިޝާރާތްކޮށްފައިވެއެވެ. އަދި ސުވާލު އުފެދިފައިވާ ދަތުރުގެ ތެރެއިން ރަނިލްގެ އަނބިމީހާ ތައުލީމު ހާސިލުކުރަމުންދިޔަ ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވާފައިނުވާކަމަށް ބުނެފައިވެއެވެ.

ނޫސްތަކުން ބުނާގޮތުން ރަނިލްއަކީ މި ފަހުގެ ތާރީހެއްގައި ސްރީލަންކާގައި ހައްޔަރުކުރެވުނު އެންމެ އިސް ސިޔާސީ ލީޑަރެެވެ. އަދި މިކަމުގެ ސަބަބުން ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ މައްސަލައިގައި ކަމާއި ބެހޭ ފަރާތްތަކަށް މުހިންމު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެގެންދާނެކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: