ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީވޭ ޗާލީގެ ފުރަތަމަ ފިޔަވަހި ނިންމާލާ، އެމްއޭސީއެލްއަށް ހަވާލުކޮށްފި!

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭ ޗާލީ އަލުން ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާލާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ވީއައިއޭގެ ޓެކްސީވޭ ޗާލީގެ ފުރަތަމަ ފިޔަވަހި ނިންމާލާ ހަވާލުކުރުމަށްޓަކައި، ރަސްމިއްޔާތެއް ހުޅުލެ އައިލެންޑު ހޮޓަލުގައި ވަނީ ބާއްވައިފައެވެ. އެގޮތުން، މި ރަސްމިއްޔާތުގައި، ޓެކްސީވޭ ޗާލީ ތަރައްގީކުރުމަށްޓަކައި ހަވާލުކުރެވުނު، ޗައިނާގެ ކޮންޓްރެކްޓިންގ ކުންފުނި، ބީޔޫސީޖީއަށް ވަނީ އެމްއޭސީއެލްއިން، މަސައްކަތް ނިންމާލައިފައިވާކަމުގެ ސެޓްފިކެޓްއެއް،އެ ކުންފުނިއަށް ހަވާލުކޮށްފައެވެ. އެގޮތުން، އެމްއޭސީއެލްގެ ފަރާތުން، ސެޓްފިކެޓް ހަވާލުކުރެއްވީ، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، މުޖުތަބާ ލަތީފުއެވެ. އަދި، ބީޔޫސީޖީގެ ފަރާތުން، ސެޓްފިކެޓާއި ހަވާލުވެލެއްވީ، އެ ކުންފުނީގެ ޕްރޮޖެކްޓު ޑިރެކްޓަރު، ކޭންގު ގުއާންގުބައޯއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުއާއި، ބީޔޫސީޖީ އިންޓަނޭޝަނަލްސްގެ ޒާންގު ފެންގުލިންގއާއި، އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ އިތުރުން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އެގްސެކެޓިވް ކޮމިޓީގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.

ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މީގެ ކުރިން، ވީއައިއޭގައި ބޭނުންކުރަމުން އައި ބާ ރަންވޭ، އަލުން ތަރައްގީކުރެވިގެންދަނީ، ”ޓެކްސީވޭ ޗާލީވޭ“ގެ ނަމުގައި، މަތިންދާ ބޯޓު ޓެކްސީ ކުރުމަށްޓަކައި ބޭނުންކުރާ ޖާގައެއް ގާއިމުކުރެވިގެންދާނެއެވެ. އެގޮތުން، މި މަސައްކަތް ބީޔޫސީޖީއަށް ހަވާލުކުރެވިގެންދިޔައީ، 2025 އޭޕްރިލް 10 ވަނަ ދުވަހުގައި ކަމުގައިވީނަމަވެސް، މި މަސައްކަތް ނިންމާލުމަށް ލަފާކުރެވުނު ތާރީހަށްވުރެ، 84 ދުވަސް އަވަހަށް، ޓެކްސީވޭ ޗާލީގެ ފިޔަވަހި އެކެއް ވަނީ، ކޮންޓްރެކްޓަރުން ނިންމާލައިފައެވެ.

މީގެއިތުރުން، މި މަޝްރޫއަކީ 4 ފިޔައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތަކަށް ވާއިރު، މި މަޝްރޫއު އެއްކޮށް ނިމުމާއިއެކު، މި އައު ޓެކްސީވޭގައި 3200 މީޓަރު ހުންނާނެއެވެ. އެގޮތުން، މި ޓެކްސީވޭ މަސައްކަތް ކުރަމުންދާނީ، ވީއައިއޭގެ ގްރައުންޑު އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައެވެ. އަދި، މި ޓެކްސީވޭއަކީ،  މަތިންދާބޯޓެއް އިމާޖެންސީކޮށް، ޖައްސަން ޖެހިއްޖެ ހާލަތެއްގައި، ރަންވޭއެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެ ޓެކްސީވޭއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: