ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ކުރަމުން ގެންދަނީ 100 މެގަ ވޯޓުގެ އައު ޕަވަރޕްލާންޓެއް ގާއިމްކުރެވޭތޯ: ފަހުމީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތް ކުރަމުން ގެންދަނީ 100 މެގަ ވޯޓުގެ އައު ޕަވަރޕްލާންޓެއް ގާއިމްކުރެވޭތޯ ކަމަށާއި އެހެންނަމަވެސް ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ދަތިކަމަށްވެސް ބަލަން ޖެހޭ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މާދަމާ މާލެ ހުޅުމާލެ ސަރަހައްދުން ކަރަންޓު ކެނޑޭ ކަމުގެ މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ މާލޭގެ ޑިމާންޑަށް ބަލާއިރު ކޮންމެ ފަސް އަހަރަކަށް 50 މެގަ ވޯޓުގެ ކަރަންޓު ބޭނުންވާ ކަމަށެވެ. ފަހުމީ ވިދާޅުވީ އޭގެ މާނައަކީ މިހާރު ހުރި ޕަވަރ ޕްލާންޓް ގާއިމްކުރެވުނު ފަހުން އައު ޕަވަރ ޕްލާންޓެއް ގައިމްކުރެވިފައި ނުވާ ކަމަށެވެ. ފަހުމީ ވިދާޅުވީ އެފަދަ ޕަވަރ ޕްލާންޓެއް ހުރިނަމަ ޓެކްނިކަލް މަސައްކަތްތަކެއް ކުރަންވެސް އަދި އެހެނިހެން މަސައްކަތެއް ކުރުމަށްވެސް މިފަދަ ކަރަންޓު ކަނޑާލަން ނުޖެހުނީސް ކަމަށެވެ.

ފަހުމީ ވިދާޅުވީ މިއަދު މިހާލަތަށް އަންނަން ޖެހުނީ މާޒީގައި ޕަވަރ ޕްލާންޓުތަކެއް ޕްލޭން ކުރެވިފައިވާ ގޮތަށް ގާއިމް ނުކުރެވި އޮތުމުން ކަމަށެވެ. އެމްޑީ ވިދާޅުވީ މިއަދު މި ހާލަތުން ކުރިއަށް އޮތް ތަނުގައި އަރައިގަންނާނެ ކަމަށެވެ. އެމްޑީ ވިދާޅުވީ މިއީ މާބޮޑު ކަމަކަށް ނުވިކަމުގައި ވިނަމަވެސް، މިކަން ޕަބްލިކަށް އަންގަން ބެނުންވާ ކަމަށާއި، އެއީ އާއްމު ރައްޔިތުން ދިރިއުޅެމުންދާ ހާލަތު އެނގެވަޑައިގަންނާތީ ކަމަށެވެ.

”މާލޭގެ ހޮސްޕިޓަލްތައް، ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކުން މާދަން އަޅުގަނޑުމެން ކަރަންތެއް ނުކަނޑާނަން. ބައެއް ސަރަހައްދުތަލުން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ކަރަންޓު މި ކަނޑާލަނީ. މި ގޮތަށް ކޮންޓްރޯލް މެކޭނިޒަމެއްގެ ތެރެއިން ކަރަންޓު ކަނޑާނަމަ އެއްވެސް އިކުއިޕްމެންޓަކަށް ގެއްލުމެއް ނުވާނެ އިރާދަ ކުރެއްވިއްޔާ“

ފަހުމީ ވިދާޅުވީ މިއަހަރުވެސް 17 މެގަވޯޓު އިތުރުކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް އެއީ ސަސްޓައިނަބަލް މޮޑެލްއެއް ނޫންކަމަށެވެ. ފަހުމީ ވިދާޅުވީ މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ 100 މެގަ ވޯޓުގެ އައު ޕަވަރޕްލާންޓެއް އެޅޭތޯ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައިއިރު އިގްތިސޯދީ ހާލަތު އޮތް ގޮތް އެންމެންނަށްވެސް އެނގޭނެ ކަމަށާއި، އަދި އިގްތިސޯދީ ގޮތުން ގައުމު އޮތީ ދަރަނި ވެރިވެފައި ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އެމްޑިއެއްގެ ހައިސިއްޔަތުން މިވާހަކަދައްކަން ބޭނުން ކަމަށާއި، އެހެންނަމަވެސް މިއީ ހަގީގަތް ކަމަށެވެ. ޕަވަރ ޕްލާންޓެއް އެޅުމަށް 100 ނުވަތަ 200 މިލިއަން ޑޮލަރު ބޭނުންވާކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ މިއަދުގެ ސަރުކާރު އައިއިރު، ކުންފުނީގެ ހާލަތާއި ގައުމުގެ ހާލަތުގެ ވާހަކައަކީ ދައްކަން ޖެހޭ ނުވަތަ އެންމެެންނަށްވެސް އެނގެން ޖެހޭ ހާލަތެއް ކަމަށެވެ.

ފަހުމީ ވިދާޅުވީ މާލޭގައި އޮންނަނީ ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީ ތަކާއި ހިލާފަށް ކޮމަން ގިލްޑެއް ނޫން ކަމަށެވެ. ހަމައެކަނި ގިލްޑަކީ ސްޓެލްކޯ ކަމަށާއި ކަރަންޓޫ ނެތި އުޅެވޭނެ ހާލަތެއް މާލޭގައި މިއަދު ނެތް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އަސާސީ ހުރިހާ ހިދުމަތްތަކެއްވެސް ބިނާ ވެފައި އޮންނަނީ ކަރަންޓުގެ މައްޗަށް ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެއިތުރަށް ފަހުމީ ވިދާޅުވީ މިކަމަށް ހައްލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: