ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު މޯލްޑިވްސް ރޯޑު ރޭސް 2025ގެ ކޯޗިންގ ޕާޓްނަރުކަމަށް ކުރިމަތިލުުމުގެ ފުރުސަތު ހުޅުވާލައިފި!

ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025 އަށް ކޯޗިންގ ޕާޓްނަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި 2018 ވަނަ އަހަރުން ފެށިގެން ވަނީ ރަސްމީ ކޯޗިންގ ޕާޓްނަރުންނާއެކު މަސައްކަތްކުރަން ފަށާފައެވެ. މިއީ ދުވުމުގެ ކުޅިވަރަށް ރާއްޖޭގެ މުޖުތަމައު ޝައުގުވެރިކުރުވައި، މުބާރާތުގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކަމެކެވެ.

ދިރާގުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޯޗިންގ ޕާޓްނަރ ޕްރޮގްރާމަކީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން، މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުކޮށް، އެކުވެރިކަން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮގަސްޓު 26 ގެ ކުރިން dmrr@dhiraagu.com.mv އަށް އީމެއިލް ކުރަންވާނެއެވެ.

2025 އޮގަސްޓު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ މުބާރާތުގެ 16 ވަނަ އެޑިޝަނެވެ. މި މުބާރާތަކީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަން އެންޑް ޑިސްޓެންސް ރޭސްގެ ވޯލްޑް ރަނިންގ ކަލަންޑަރުގައި ހިމެނޭ ރާއްޖޭގެ ހަމައެކަނި އިވެންޓެވެ.

އިތުރު ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި މުބާރާތުގެ ދުވާ ރޫޓަކީ ވޯލްޑް އެތްލެޓިކްސްއިން ސެޓްފިކެޓް ކޮށްފައިވާ ރޫޓެއްކަން ފާހަގަކުރެވެއެވެ. މިކަމަކީ މި މުބާރާތުގެ ފެންވަރު ދައްކުވައިދޭ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: