ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ވިސްނުމަކީ އާންމުން އުޅޭ ސަރަހައްދާއި ދުރުގައި ތިލަފުށީގައި ޕަވާޕްލާންޓެއް އެޅުން!

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ސްޕީޑް އިންޖީނުތައް ގެނެސް ބަހައްޓައިގެން ހިންގުން އެއީ ދެމެހެއްޓެނިވި މޮޑެލެއް ނޫންކަމަށް ސްޓެލްކޯ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ، މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހޮނިހިރު ދުވަހު އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެކަމަށް މީޑިއާތަކަށް މައުލޫމާތު ދެއްވެއްވުމަށް އޮތް ބައްދަލުވުމުގަ އެވެ.

މާލޭގެ ސަރަހައްދުން މިފަހުން އައިސް ކަރަންޓު ކެނޑުން އާންމުވެފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހު މުޅި މާލެއިން ހަ ގަޑިއިރަށް ކަރަންޓު ކެނޑުނުއިރު، އެ ފަހުން ވެސް އެކި ވަގުތުތަކަށް ކަރަންޓު ކެނޑިފައިވެއެވެ. މާލެ ސަރަހައްދުން އެހާ ގިނަ ވަގުތަށް ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، ތަހުގީގުކުރުމަށް އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އެންގެވި އެވެ.

ސްޓެލްކޯގެ އެމްޑީކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ފަހުމީ ވަނީ މާލެ ސަރަހައްދަށް އިތުރުވާ އާބާދީއާއި ޑިމާންޑާ އެއްވަރަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއް، އަދި 4000 ފްލެޓާއެކު ވެސް ކަރަންޓުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެތީ، އެކަމަށް ވެސް ތައްޔާރުވުން ހިމެނެ އެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ފަހުމީ ވިދާޅުވީ، މިދިޔަ އަހަރު ޕީކަށް ވެސް 17 މެގަވޮޓް އިތުރުކުރެވިފައިވާކަމަށާއި، ނަމަވެސް އެއީ ދެމެހެއްޓެނިވި މޮޑެލްއެއް ނޫންކަމަށެވެ. ހައި ސްޕީޑް އިންޖީނުތައް ގެނެސް ބަހައްޓައިގެން ހިންގުން އެއީ ދެމެހެއްޓެނިވި މޮޑެލެއް ނޫންކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ މިހާރު ވެސް މަސައްކަތް ކުރަމުން ގެންދަނީ 100 މެގަވޮޓްގެ އައު ޕަވަރ ޕްލާންޓެއް އެޅޭތޯކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، މާލޭގައި ކަރަންޓު ނެތި އުޅެވޭނެ ހާލަތެއް މިއަދު ނެތްކަމަށާއި، ކަރަންޓާއި ފެނާއި މި އަސާސީ ހިދުމަތްތައް ހިމެނޭހެން ހުރިހާ ކަމެއް ބިނާވެފައި ވަނީ ކަރަންޓުގެ މައްޗަށް ކަމަށެވެ.
އެހެންކަމުން ކަރަންޓު ކެނޑުމަކީ އާންމު ރައްޔިތުންނެކޭ އެއްގޮތަށް، ސްޓެލްކޯގެ ވެސް ކަންބޮޑުވުމެއްކަމުގައި ފަހުމީ ވިދާޅުވި އެވެ.

އެހެންކަމުން ޑައުންޓައިމް ކުރުމަށާއި އަދި ކަރަންޓު ނުކެނޑޭނެ ގޮތަށް ކަންކަން ރޭވުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފަހުމީ ވިދާޅުވި އެވެ. މި މަސަައްކަތުގައި ދިމާވާ ދައްޗަކީ ފަހުމީ ވިދާޅުވި ގޮތުގައި ފައިސާގެ ދަތިކަމެވެ. އަދި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސާދީ ހާލަތުގެ ވާހަކަ ދައްކަން ބޭނުން ނުވީ ނަމަވެސް، ހަގީގަތް ދޫކޮށްލެވެން ވެސް ނެތްކަމަށް ފަހުމީ ވިދާޅުވި އެވެ.

އެހެންވީމާ ޑައުންޓައިމް ކުރުމަށާއި އަދި ކަރަންޓު ނުކެނޑޭނެ ގޮތަށް ޕްލޭން ކުރުމުގެ މަސައްކަތް ކުރަން. އެހެންނަމަވެސް ކޮންމެ ކަމެއް ވެސް މި ދިމާވަނީ ފައިސާ ދެއްތޯ. ވަރަށް ބޮޑެތި އަދަދުތަކުގެ ފައިސާގެ ވާހަކަ މި ދައްކަނީ. އެހެންވީމާ މިހާރު ވެސް ސަރުކާރާއި ގުޅިގެން އަޅުނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ބޮޑު ޕަވަރ ޕްލާންޓެއް މާލޭގައި އެޅޭތޯ. ދެން ސުވާލަކީ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ނުވަތަ ދޮޅު އަހަރު ވެގެން ދިޔައީ ކީއްވެތޯ ނުވެގެން ތިޔަ އުޅެނީ. އަޅުގަނޑުމެންގެ ފުރަތަމަ ވިސްނުމަކީ ސަރުކާރަށް އައިސް އޭރުވެސް ވިސްނުމަކީ ހުޅުމާލެ އާއި މާލޭގެ އިތުރު ޕްލާންޓުތައް ނޭޅުން. އެނގިވަޑައިގަންނަވާ ފަދައިން ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާއަކީ މިހާރު އިންޑަސްޓްރިއަލް އޭރިއާއެއް ނޫން. އާންމު ރައްޔިތުން އުޅޭ ސަރަޙައްދެއް، އެ ސަރަޙައްދަކީ. އެހެންވީމާ އެ ސަރަޙައްދުގައި ޕަވާޕްލާންޓު އެޅުމުގެ ވިސްނުން އޭރު ހުރީ. އެހެން ނަމަވެސް އަޅުގަނޑުމެން އަބަދުވެސް ވިސްނީ މީހުންނާއި ދުރުގައި ތިލަފުށީގައި ޕަވާޕްލާންޓެއް އެޅޭތޯ. ސަރުކާރު އައިއިރު އަޅުގަނޑުމެންގެ ވިސްނުމަކީ ދޮޅު އަހަރުގެ ތެރޭގައި ބްރިޖު ވެސް ނިމޭނޭ. އެހެންނެއް ވެސް ނޫން އެ ކަންތައް އަދި އެ ދިޔައީކީ. އެހެން ނަމަވެސް ބްރިޖުގެ މަސައްކަތް ވެސް ނިމޭނެ. މި ކަރަންޓު ކެނޑުމުގެ މައްސަލައަށް އަޅުގަނޑުމެން ހައްލެއް ހޯދާނަން ދުރުނޫން މުސްތަގުބަލެއްގައި..

ފަހުމީ ވިދާޅުވީ، ސަރުކާރު އައިއިރު ސްޓެލްކޯގެ ފުރަތަމަ ވިސްނުމަކީ ހުޅުމާލެ އާއި މާލޭގައި އިތުރު ޕްލާންޓުތައް ނޭޅުން ކަމަށެވެ. ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާއަކީ މިހާރު އާންމު ރައްޔިތުން އުޅޭ ސަރަޙައްދެއް ކަމުން، އެ ސަރަހައްދުގައި ޕަވާޕްލާންޓު އެޅުމުގެ ވިސްނުން ނެތްކަމަށް ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން އައީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ޕަވާޕްލާންޓުތައް ނުވަތަ އިންޖީނުގެތައް ނޭޅުމެވެ. މާލެ ސަރަހައްދަށް ބަލާއިރު، ބްރިޖު ނިންމާލެވޭނެކަމަށް ބަލައި ސްޓެލްކޯ ގެންގުޅުނީ ތިލަފުށީގައި ޕަވަޕްލާންޓެއް އެޅޭތޯކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: