ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގެ މަސައްކަތަށް މުވައްޒަފުން ހޯދަނީ

ކައުންސިލް އިންތިޚާބު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާނު ކޮށްފިއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެގޮތުން 260ށް ވުރެ ގިނަ މުވައްޒަފުން ބޭނުންވާކަން އީސީން ވަނީ ފާހަގަކޮށްފައެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި ވީހާވެސް ގިނަބަޔަކަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 29 އޮގަސްޓު ވާ ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އަދި 30 އޮގަސްޓު ވާ ހޮނިހިރު ދުވަހު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2) ގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވޯކް-އިން އިންޓަރވިއު ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ވޯކް-އިން އިންޓަރވިއު އަށްފަހު މި މަޤާމުތަކަށް މުވައްޒަފުން ހަމަނުވާނަމަ، މި މަޤާމުތަކަށް  އިޢުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، 2025 ސެޕްޓެންބަރު 1 އިން ފެށިގެން ކޮންމެ 15 ދުވަހަކުން މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެކަން އީސީން ފާހަގަކޮށްފައިވެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު 2025 ސެޕްޓެންބަރު 1 ން 2026 މާރިޗު 15 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން، މާލޭ ގައި އޮންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: