ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނެތް ރައްކާތެރިކަމެއް އެހެން ބޭފުޅަކަށް ނޯންނާނެކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ( ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުގައި ހުންނެވިހާ ދުވަހަކު، ރައީސް ނަޝީދަށް ނެތް ރައްކާތެރިކަމެއް ވަކި އެހެން މީހަކަށް ނޯންނާނެކަމަށެވެ.
ވަހީދު މިހެން ވިދާޅުވީ ރައީސް ނަޝީދު އެމަނިކުފާނަށް ފުލުހުން ފާރަލާކަން އެމްއެންޑީއެފުން އަންގަވާފަވާ ކަމަށް ވިދާޅުވި ވާހަކަ އަށް އިޝާރާތްކުރައްވައެވެ.
http://beta.sangu.mv/113
ވަހީދު ވަނީ ފާރަ ލުމާއި ފާރަވެރިވުމަކީ ވެސް ތަފާތު ދެކަމެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ދައްކަވާ އެ ވާހަކަތައް ޤަބޫލުކުރަން ދަތި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިރުކޮޅެއް ކުރިން ފުލުހުން ބުނީ ރައީސް ނަޝީދަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ހަމަ މީގެ ކުޑައިރުކޮޅެއް ކުރިން އެމްއެންޑީއެފް އިން ވެސް ބާޔާނެއް ނެރުނެެވެ. އެ ބަޔާނުގައި ރައީސް ނަޝީދަށް ފާރަލާ ކަމަށް ބުނާ ވާހަކަތައް ވަނީ އެމްއެންޑީއެފްއިން ދޮގުކޮށްފައެވެ.
https://twitter.com/Lawyer_Waddey/status/1170937447619809282